ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު އިންތިހާބުކޮށްގެން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތް: ސާޖިދާ

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވާ ބޭފުޅުން ކައުންސިލްތަކަށް އިންތިހާބުކޮށްގެން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާފަންނު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވީ އަދުގެ ރައީސަކީ ހީވާގި ވެރިއެއްކަން ރައްޔިތުން ގަބޫލުކުރައްވާނެކަމަށެވެ. އަދި ކައުންސިލްތަކަށް ބޭނުންވަނީ ހިވާގި ވެރިއަކާއެކު މަސައްކަތްކުރާނެ ކައުންސިލްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވާ ބޭފުޅުން ކައުންސިލްތަކަށް އިންތިހާބުކޮށްގެން ރައްޔިތުންނަށް ލިބޭނެ ފައިދާއެއް ނެތްކަމަށެވެ. އަދުގެ ސަރުކާރުން މިދަނީ ރަނގަޅު ސިޔާސަތުތަށް ތަންފީޒު ކުރަމުން ކަން ކޮންމެ މީހަކަށް އއެންގޭ ކަމަށް ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ ބޭނުންވަނީ ކިޔަވައިގެން ތިބި ހީވާގި ސިޔާސީ ބަޔަކު ނިކުންނަން ކަމަށާއި ދީނީ ކަންކަމުގައި ސަރުކާރުން ގެންގުޅުއްވާ އުސޫލުތައް ހުރިހާ ބޭފުޅުންވެސް ގަބޫލުކުރައްވާނެ ކަމަށެވެ. ރައީސް ގެންދަވަނީ އިޖްތިމާއީ ބޮޑެތި މައްސަލަތަކަށް ހައްލު ގެނައުމަށް ވަރަށް އުނދަގޫ ނިންމެވުންތައް ނިންމަވަމުން ކަމަށް ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުންނަށް ފައިދާވާނެ މަސައްކަތްކޮށްދޭނެ ކެނޑިޑޭޓުން އިންތިހާބުކުރުން ވަރަށް މުހިއްމުކަމަށެވެ. އަދި އެކަމަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާއި ހަމައަށް ގެެނެސްދޭނެ ކައުންސިލްތަކެއް ބޭނުންވާނެކަމަށާއި އެހެންކަމުން ސަރުކާރުން އެއްބާރުލުން ދޭނެ ކެނޑިޑޭޓުން އިންތިހާބުކޮށްދެއްވުމަށް ސާޖިދާ ވިދާލުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: