ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕޫން ފީޑްކުރުން ދޫކޮށް، ދަރިވަރުންނަށް ކިޔެވުމުގައި މިނިވަންކަމެއް ދޭން ޖެހޭ: ޝަފީއު

ޝަހީދު އަލީ ސްކޫލް ހުޅުވުން ރައްމިޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިވަރުންނަށް އަމިއްލައަށް ކަންކަން ދަސްކޮށް، ޒިންމާ ނެގުމުގެ ފުރުސަތު ދިނުމަށްޓަކައި، އަބަދުވެސް ”ސްޕޫން ފީޑް“ ކޮށްގެން ނުވަތަ ކައިރީގައި ބައިންދައިގެން ކިޔަވައިދިނުމުގެ ވަައްޓަފާޅި ބަދަލުކުރަން ޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

2026 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައި، މި ސަރުކާރުން އަލަށް ހުޅުވި ޝަހީދު އަލީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަފީއު ވިދާޅުވީ ކުދިންގެ ފިކުރާއި ވިސްނުން ތަރައްގީ ވާނީ ކިޔެވުމުގައި އެކުދިންނަށް މިނިވަންކަމެއް ދީގެން ކަމަށެވެ. އަދި ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގައި ބައްޓަންކު ރުމަށް މުދައްރިސުންނާއި ބެލެނިވެރިން ބާރުއެޅުމަށް އިލްތިމާސްކުރެއްވިއެވެ.

ދަރިވަރުންގެ އަހުލާގީ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޝަފީއު ވިދާޅުވީ، ރިވެތި އަހުލާގާއި ސުލޫކު ބިނާކުރުމަށް މުޅި އަހަރަށް ބަހާލެވިގެން ކުރިއަށްގެންދާ ”ތަރުބަވީ“ ހާއްސަ ޕްރޮގްރާމެއް މި ފެބްރުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. މީގެ ބޭނުމަކީ މިނިސްޓަރ ވިދާޅުވި ގޮތުގައި އަލިރަސްގެފާނުގެ ހިތްވަރުން ނަމޫނާ ލިބިގަނެ، ހިކުމަތާއި ރިވެތި އަހުލާގާއެކު ގައުމައިގެން ކުރިއަށްދާނެ ޒިންމާދާރު ޖީލެއް ބިނާކުރުމެވެ.

އަޅުގަނޑު ފާހަގަ ކޮށްލަން އަދި ބެލެނިވެރިންނަށް ވެސް އިލްތިމާސް ކުރަން، މުދައްރިސުންނަށް ވެސް މިކަމަށް ބާރު އެޅުމަށް ހިތްވަރު ދޭން.. ދަރިވަރުންނަކީ އަމިއްލަ އުނގެނުމަށް ޒިންމާވާ ބައެއްގެ ގޮތުގަ އަޅުގަނޑުމެން ބައްޓަން ކުރަން އެބަ ޖެހޭ… ހަގީގަތުގައި ވެސް އަބަދުވެސް ސްޕޫން ފީޑް ކޮށްގެން، އަބަދުވެސް ކައިރީގަ ބައިންދައިގެން ކިޔަވައި ދިނުމުގެ ވަައްޓަފާޅި ބަދަލު ކުރަން އެބަ ޖެހޭ.. ފިކުރާ ވިސްނުން ތަރައްގީ ވާނީ އޭރުން… ދަރިވަރުންނަށް ކިޔެވުމުގަ މިނިވަންކަމެއް ދޭން އެބަ ޖެހޭ…

ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން އެއް ސްކޫލެއްގެ ކޮންސެޕްޓް ފައިނަލްވެ، ޑިޒައިން މަރުހަލާ މިހާރު ނިމިފައިވާކަން ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ހިތްފަސޭހަކަން ހޯދައިދިނުން ކަމަށެވެ. އަދި ވިދާޅުވީ ކަންކަން ތަންފީޒުވަމުންދާއިރު އޭގެ ކްރެޑިޓް ނަގާނެ ފަރާތްތައް ތިބޭނެކަމަށާއި، ނަމަވެސް އެކަމަށް ޖެހިލުމެއް ނުވެ ރައްޔިތުންނާއި ދަރިވަރުންނަށް ދޭންޖެހޭ ހިދުމަތްތައް ސަރުކާރުން ގާއިމުކޮށްދެމުންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: