ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ދެ ގައުމަށް ފައިދާވަނިވި ގުޅުމެއް: ސަފީރު

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ފައިދާ ދެ ގައުމަށް ވެސް ކުރާ ކަމަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިޔަމް ވިދާޅުވެއްޖެއެވެ.

ރޭ ސޯޝަލް ސެންޓަރުގައި އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ، އިންޑިއާއި ރާއްޖޭގެ ގުޅުން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ބަދަހިވެފައިކަމަށެވެ. ގުޅުން ހަރުދަނާވެފައިވާކަންވެސް ފާހަގަ ކުރެއްވިއެވެ.

އިންޑިއާގެ އިގްތިސާދަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދުކަން ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، އެ ގައުމުގެ އިގްތިސާދީ ކުރިއެރުމުގެ ފައިދާ އަވަށްޓެރި ގައުމުތަކަށްވެސް ލިބެމުންދާ ކަމަށެވެ. އަދި އިންޑިއާގެ ތަރައްގީއަކީ އެހެން ގައުމުތަކާ ވަކިކުރެވޭނެކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.

މިގޮތުން އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ސަފީރު އަލިއަޅުއްވާލެއްވިއެވެ. އިންޑިއާގެ ހާރިޖީ ސިޔާސަތާ ބެހޭގޮތުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، ”ނެއިބަހުޑް ފަސްޓް“ ނުވަތަ އަވަށްޓެރިންނަށް އިސްކަންދިނުމުގެ ސިޔާސަތަކީ އިންޑިއާއިން އެންމެ ބޮޑު އަހަންމިއްޔަތެއްދޭ ސިޔާސަތު ކަމަށެވެ. އަދި މި ސިޔާސަތުގެ ދަށުން ރާއްޖެއަކީ ހާއްސަ އިސްކަމެއް ދެވޭ ގައުމެއްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވާކަންވެސް ސަފީރު ހަނދާންކޮށްދެއްވި އެވެ.

ރާއްޖޭގެ ތަރައްގީއަށްޓަކައި ދެ ގައުމު ގުޅިގެން ކުރާ މަސައްކަތްތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ. މި މަޝްރޫއުތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެ، އިންވެސްޓްމަންޓްތަކަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ.

ސަފީރު ވިދާޅުވިއެވެ.

ނެއިބަހުޑް ފަސްޓް ސިޔާސަތުގެ ދަށުން، އަވަށްޓެރި ގައުމުތަކުގެ އިގްތިސާދު ވަރުގަދަކުރުމަށާއި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ސަފީރު ދެއްވިއެވެ. ހާއްސަކޮށް ރާއްޖެއާއި އިންޑިއާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރިފައިވާއިރު، ކުރިއަށް އޮތް ތަނުގައި ތައުލީމީ، ސިއްހީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން އާ ގުޅުންތަކެއް އުފެދިގެންދާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ސިޔާސަތުތަކާ ގުޅޭގޮތުން ސަފީރު ވިދާޅުވީ، އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ވަރުގަދަ ޑިމޮކްރަސީއެއް އޮތް ގައުމެއް ކަމަށާއި، ކޮންމެ ކަމެއްގައިވެސް އެ ގައުމުން ޑިމޮކްރަސީގެ ހަމަތައް ދަމަހައްޓާ ކަމަށެވެ. އަދި ސައިންސާއި ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު އިންޑިއާ އަންނަނީ ވަރަށް ހަލުވިކަމާއެކު ތަރައްގީވަމުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: