ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާން މުޖުތަމައެއް ބިނާކުރުމަށް ސުކޫލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ: ސީޕީ

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ އިސްމާއިލް ނަވީނާއި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާން އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ސުކޫލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ދެއްވައިފިއެވެ.

މިޔަގީންކަން ސީޕީ ދެއްވީ ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ސީފީ ނަވީން ވަނީ ދަރިވަރުންނާއި، ބެލެނިވެރިންނާއި މުދައްރިސުން އަދި އާންމު ރައްޔިތުން ގުޅިގެން، ކޮންމެ ކުއްޖަކު ވެސް ސުކޫލަށް ކުރާ ދަތުރަކީ އަމާން އަދި އުފާވެރި ދަތުރަކަށް ހެދުމަށް މަސައްކަތްކުރުމަށް ހުރިހާ ފަރުދުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދި ވަކިން ޚާއްސަކޮށް، ސުކޫލުތައް ހިމެނޭ ސަރަހައްދުތަކާއި މަގުމަތީގެ ރައްކާތެރިކަމަށް އެންމެހައި ރައްޔިތުން ސަމާލުވުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފައެވެ.

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައްޔާއި، އަމާން އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ސުކޫލުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ދެމިއޮންނާނެ.

ސީޕީ ނަވީން

ސީޕީގެ މެސެޖުގައި ވަނީ ދިރާސީ އައު އަހަރެއް ފެށުމަކީ އައު އުއްމީދުތަކަކާއި، އައު އަޒުމްތަކަކާއި އަދި ކުރިއަށް ދިއުމަށް އައު ފުރުސަތުތަކެއް ލިބިގެންދާ މުހިންމު ވަގުތެއްކަން ފާހަގަކުރައްވާފައެވެ.

ސީޕީ ވަނީ ތައުލީމަކީ ހަމައެކަނި ފޮތްތަކުން އުނގެނޭ އެއްޗެއް ނޫންކަން ފާހަގަކުރައްވާ އެއީ އަޚުލާގާއި، އަދަބުވެރިކަމާއި، ޒިންމާ އުފުލުމުގެ އިތުރުން އެކަކު އަނެކަކަށް އިހުތިރާމުކުރަން ދަސްކުރުން ކަމަށްވެސް ވިދާޅުވެފައެވެ.

މި ސިފަތަކަކީ އަމާން އަދި އުފާވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ސިފަތަކެއްކަން ސީޕީގެ މެސެޖުގައި ވިދާޅުވިއެވެ. ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 218 އެއްހާ ސްކޫލްގައި 77،000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: