ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ބައެއްނޫން: ނަސީރު

އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ ބައެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހއ. އިހަވަންދޫ ދާއިރާގެ މެންބަރ އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ނަސީރު ވިދާޅުވީ ޕީއެންސީއިން އެންމެ ބޮޑު ސަމާލުކަމެއް ދިނީ އެ ޕާޓިގެ ފަރާތުން ކައުންސިލްތަކަށް ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށްފަހު އެ ކެނޑިޑޭޓުންގެ ކެމްޕޭނުގެ ހުރިހާ އިންތިޒާމެއްް ހަމަޖައްސައިދިނުމަށް ކަމަށެވެ.

މިއީ ލޯކަލް ކައުންސިލް އިންތިހާބަކަށް ޕާޓީއަކުން ހިންގާ އެންމެ ބޮޑު ހަރަކާތްކަން ވެސް ނަސީރު ފާހަގަކުރެއްވިއެވެ. އެގޮތުން މީގެ ތެރޭގައި އެ ޕާޓީގެ ކެނޑިޑޭޓުންނަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަށް ޕާޓީގެ ތެރެއިން މަސައްކަތް ކޮށްދެއްވާކަމަށާއި، އެ ބޭފުޅުންނަށް ދިމާވާ އެންމެހާ ދަތިތަކަށް ވެސް އެއްބާރުލުން ދެއްވާކަމަށް ވިދާޅުވިއެވެ.

ޕާޓިއެއްގެ ސިފައިގައި ވެރިކަމަށް އަންނަން މަސައްކަތްކުރާއިރު، އެންމެ ބޮޑަށް ޕާޓީ ތަމްސީލުވެގެން އަންނާނީ މިފަދަ އިންތިހާބުތައް ތެރެއިން ކަމަށް ގަބޫލުކުރައްވާކަމަށް ނަސީރު ވިދާޅުވިއެވެ.

އެގޮތުން މި އިންތިހާބަކީ ޕީއެންސީން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ތައްޔާރުވާ އިންތިހާބެއްކަން ފާހަގަކުރައްވަމުން ނަސީރު ވިދާޅުވީ، ޕާޓިގެ ހުރިހާ މަޖިލީސް މެންބަރުންނާއި، ޕާޓީގެ އިސްސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އިތުރުން، ޕާޓީގެ އެކްޓިވިސްޓުން ދަނީ މި އިންތިހާބާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދުވަހުން ދުވަހަށް ކުރަމުން ކަމަށެވެ.

ސަރުކާރަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެ ރަށެއްގެ ކައުންސިލުން ދިނުމަކީ ފަސޭހަަކަމާއެކީގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ފަހިވެގެންދާ މަގެއް ކަމަށް ނަސީރު ވިދާޅުވިއެވެ.

ކޮންމެ ރަށެއްގައި ވެސް ރައްޔިތުން ބޭނުންވަނީ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ވީ އެންމެ އަވަހަކަށް ލިބިގަންނަން، އެ ކަންކަން އަވަހަށް ފަހިވެގެން ދާނީ ސަރުކާރާއި އެއް ވިސްނުމެއްގައި އޮތް ކައުންސިލެއް އެ ރަށެއްގައި ބާއްވައިގެން

ސަރުކާރާއި އެއްކޮޅު ކައުންސިލެއް އޮތުމުގެ މުހިންމުކަމުގެ ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ، ހިޔާލާއި ފިކުރު ތަފާތުވުމުގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންނާއި ގާތުން ސަރުކާރަށް ކަންކަން ކޮށްދިނުމުގައި އޮންނަ އެންމެ ބޮޑު އެއް ހުރަހަކަށް ކައުންސިލްތައް ވެގެން ދިޔުން ކަމުގައި ނަސީރު ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއްނޫންކަމަށް ވިދާޅުވަމުން ނަސީރު ވިދާޅުވީ ކައުންސިލްތަކުގެ ޒިންމާއަކީ ސަރުކާރުން ރާވާ ހިންގާ ކަންކަން ރައްޔިތުންނާއި ގާތުން ހިންގާ، ހިދުމަތް ދިނުމެވެ.

ރާއްޖޭގެ ތާރީހުގައި ވެސް މީގެ ކުރިން ކައުންސިލްތައް ނުކުމެ ސަރުކާރު ޖަވާބުދާރީ ކުުރުވާފައިވާތަން ނުފެންނަކަމަށާއި، އެއީ ގާނޫނުގައި ވެސް އެކަން އޮތްގޮތް ނޫންކަމަށް ނަސީރު ވިދާޅުވިއެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި އިންތިހާބަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް އެންމެ މުހިންމުކަންތައް ކަމަށާއި، ދެވޭ ހިދުމަތަކީ ރަނގަޅު ހިދުމަތެއްތޯ ދެނެގަތުމަށްޓަކައި އިންތިހާބުތައް ސަރުކާރާއި އެއްކޮޅަށް ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށް ނަސީރު ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: