ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ މުވައްޒަފުން ހިންގި 5 ޕްރޮޖެކްޓެއް ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލް އިސްލާމިކްގެ ކޮމިއުނިޓީ އިމްޕެކްޓް ގްރާންޓްގެ ދަށުން ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ހިންގި 5 ޕްރޮޖެކްޓެއް ނިންމާލައިފިއެވެ.

މި ގްރާންޓަކީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން، މުޖުތަމަޢާ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި މުވައްޒަފުންނަށް ހުޅުވާލި ގްރާންޓެކެވެ. މި ގްރާންޓުގެ ދަށުން ހިންގާފައިވަނީ ތައުލީމާއި ތިމާވެއްޓާ ގުޅުންހުރި، އިޖުތިމާއީ ޕްރޮޖެކްޓްތަކެވެ. އިތުރު 2 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ގްރާންޓްގެ ދަށުން ނިންމި 5 ޕްރޮޖެކްޓަކީ:

  1. ސ. އަތޮޅު ތައުލީމީ މަރުކަޒުގައި ސްޓަޑީ އަދި ރީޑިންއަށް ހާއްސަ ސަރަހައްދެއް ގާއިމުކުރުން.

މި ސްޓަޑީ އަދި ރީޑިންގ ސަރަހައްދުގައި ވޯޓަރ ރެސިސްޓެންޓް ބެންޗާއި މޭޒު ބަހައްޓައި، ހިޔާކުރުމަށް ފުރާޅެއް ހަދާފައި ވެއެވެ. މި ތަން ފަރުމާކޮށްފައިވަނީ ހަމަހިމޭން މާހައުލެއްގައި ފޮތް ކިޔުމާއި، ގިނަ ކުދިން އެއްކޮށް ކިޔެވުމަށް އެކަށީގެންވާ ގޮތަށް، ވަށައިގެން ގުދުރަތީ ފެހިކަން ހިމެނޭ ގޮތަށެވެ.

  1. ތ. އަތޮޅު މަދަރުސާގެ ކުޅޭ ސަރަހައްދުގެ ވަށާ ފާރު ރޭނުމާއި ފެން އަދި ވެލި ކުޅޭ ސަރަހައްދެއް ގާއިމުކުރުން

މި ޕްރޮޖެކްޓްގެ މަގްސަދަކީ ކުދީންނަށް އުފާވެރި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމެވެ.

  1. ގދ. އަތޮޅު ސްކޫލުގައި ބެންޗްތަކެއް ގާއިމުކުރުން

މިއީ ބެލެނިވެރިންނަށާއި، ސްކޫލަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި، މުވައްޒަފުންނާއި ދަރިވަރުންނަށް އިށީނދެލައިގެން ތިބެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދީ، ސްކޫލްގެ މާހައުލަކީ އެންމެނަށްވެސް ހިތްހަމަޖެހޭ ފަދަ ތަނަކަށް ހެދުމުގެ ގޮތުން ކުރެވުނު މަސައްކަތެކެވެ.

  1. ދަރުމަވަންތަ ހޮސްޕިޓަލުގައި ’ސްޓޫޑަންޓް ރިސޯސް ހަބް‘ އެއް ގާއިމުކޮށް ސިއްހީ ދާއިރާއިން ކިޔަވާ ކުދިންނަށް އެހީތެރިވުން

ދަރުމަވަންތަ ހޮސްޕިޓަލުގައި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ގާއިމުކުރެވުނު މި ހަބްގައި މުހިންމު މެޑިކަލް ފޮތްތައް ހިމެނޭ ފޮތް ހަރުގަނޑަކާއި، ’ތްރީ-ޑީ އެނަޓޮމީ އެޓްލަސް‘ ސަބްސްކްރިޕްޝަން ފަދަ ޑިޖިޓަލް ވަސީލަތްތައް ހިމެނެއެވެ. މީގެ އިތުރުން، ކިޔެވުމާއި ދިރާސާކުރުމަށް ބޭނުންވާ މައިކްރޮސްކޯޕްތަކާއި، ބައިނޮކިއުލާ މައިކްރޮސްކޯޕް އަދި އިލެކްޓްރޯނިކް ސްކޭލް ފަދަ ލެބޯޓްރީ ސާމާނު ވެސް މި ހަބްގައި ލިބެން ހުރެއެވެ.

  1. މުރައިދޫ ސްކޫލުގައި ވޯކްވޭއެއް ގާއިމުކުރުން

މި މަޝްރޫއުގެ ބޭނުމަކީ ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިންނަށް ކްލާސްރޫމްތަކާއި، އިދާރީ އޮފީސްތަކާއި، ބޭރުގެ ސަރަހައްދުތައް ގުޅުވައިދޭ ރައްކާތެރި މަގެއް ފޯރުކޮށްދިނުމެވެ. މި މަގުގެ ސަބަބުން ކޮންމެ  މޫސުމެއްގައި ވެސް ފަސޭހައިން ހިނގާބިނގާވެ އުޅެވޭނެ ކަން ކަށަވަރުވެ، ސްކޫލްގެ މާހައުލަކީ ރައްކާތެރި ތަނަކަށް ވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: