ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން ހިންގާ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުތަކުގެ މަސައްކަތްތައް ފަށާފައި ވަނީ މިއަދު ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުރުމަށް އުފެއްދި ބީއެމްއެލް ސަބްސިޑަރީ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއުތައް ހިންގާނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވަރނަންސް އަދި ރިސްކް ސްޓޭންޑަރޑްތަކާ އެއްގޮތަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހު ހޮވި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އެގޮތުން މި މަސައްކަތް ހަވާލުކޮށްފައިވާ ރާއްޖޭގެ ކުންފުނިތަކަކީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއެވެ. އަދި މި މަސައްކަތް ކުރަމުންދާ ރާއްޖޭން ބޭރުގެ ކުންފުނިތަކަކީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް އަދި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަނެވެ.

މި މަޝްރޫއުއާއި ގުޅިގެން މިނިސްޓަރ މުއްތަލިބް ވިދާޅުވީ މިއީ ރައީސްގެ ދުރުވިސްނުމުގެ ސިޔާސަތުގެ ދަށުން ދިވެހިރާއްޖެ އިޤްތިސާދީގޮތުން އޮތް ދަތިހާލުގެ ތެރެއިންވެސް ކްރިއޭޓިވް އިނޮވޭޓިވް ސޮލިއުޝަންތަކެއް ހޯދައިގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

”ބީއެމްއެލުން އިސްނަގައިގެން ސަރުކާރުގެ މި ސިޔާސަތު ކާމިޔާބު ސިޔާސަތަކަށް ހެދުމަށްޓަކައި މި ކުރަމުންދާ މަސައްކަތްތަކަކީ ޙަޤީޤަތުގައި ދިވެހިރާއްޖޭގައި ރައްޔިތުންނަށް އެކަމެއްގައި އެންމެ ފައިދާހުރި ކަންކަން ކުރުމުގައި އިސްނެގުމުގެ ނަމޫނާއެއް.“

މި މަޝްރޫއުތައް ނިމުމުން ހުޅުމާލޭ ފޭސް 1، ފޭސް 3 އަދި ވިލިމާލޭގައި 3،200 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް ކުލި ދައްކައި ޚަލާސްކުރުމުން މިލްކުވާ ގޮތަށް، ނިސްބަތުން ކުޑަ ކުއްޔެއްގައި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި ގެދޮރު ހޯދުމުގައި އޮތް ޑިމާންޑަށް  އެކަށީގެންވާ ލުޔެއް ގެނެސްދޭނެ މަޝްރޫއުތަކެކެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކުން މީގެ ކުރިންވެސް ވަނީ މިދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދީފައި ކަމަށެވެ. ބޭންކުން ކޮންސްޓްރަކްޝަނާއި ހައުސިން ސެކްޓަރަށް ދޫކޮށްފައިވާ ލޯނުގެ އައުޓްސްޓޭންޑިން މިދިޔަ އަހަރުގެ ނިޔަލަށް 5.4 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

”ވޭތުވެދިޔަ އަހަރު އެކަނިވެސް 2.1 ބިލިޔަން ރުފިޔާވަނީ މި ސެކްޓަރަށް ދޫކޮށްފައި. މުޅިންވެސް ދިވެހި ކުންފުނިތަކާއި ދިވެހި ފަރުދުންނަށް،“

މި ފަސް މަޝްރޫއު ފެށުމާއެކު، ބޭންކް އޮފް މޯލްޑިވްސް އާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީން ބޯހިޔާވަހިކަމުގެ ގައުމީ ސްޓްރެޓެޖިކް އަމާޒުތަކަށް އެއްބާރުލުންދީ، ރާއްޖޭގެ ސިނާއަތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި، އަދި އެމްއެމްއޭގެ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ ތެރެއިން ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދައި، ގެދޮރުވެރިންނަށްވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް  ދޭ އަހުމިއްޔަތުކަން ހާމަކޮށްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: