ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިން މިނިވަން ކުރުމަށް އިދިކޮޅުން ރައީސް ސޯލިހު އާއި ބައްދަލުކުރަނީ!

ރައީސް ޔާމިން މިނިވަން ކުރުމަށް އިދިކޮޅުން ދަނީ ގޮވާލަމުން - ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމިންގެ މައްސަލައާއި ގުޅިގެން ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް މިއަދު ހަމަޖެހިފައިވާ ކަމަށް އިދިކޮޅުން ބުނެފިއެވެ.

ސަންގަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ޔާމިންގެ މައްސަލައާއި ގުޅޭގޮތުން ރައީސް ސޯލިހުއާއި ބައްދަލުކުރުމަށް މިއަދު ހަވީރު 4:00ން 4:30އަށް އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް ސޯލިހުއާއި ބައްދަލުކުރެއްވުމަށް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްއާއި ޕާލިމެންޓްރީ ގުރޫޕް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ބައްދަލުކުރުމުގައި ރައީސް ޔާމިން މިނިވަން ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މަނީލޯންޑަރިންގެ ގެ ކުށް ސާބިތުވެ ރައީސް ޔާމިން ވަނީ 5 އަހަރަށް ޖަލަށްލާފައެވެ. އެމަނިކުފާނަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމަކީ ޤާނޫނާއި ޚިލާފަ ހުކުމެއް ކަމަށް އިދިކޮޅުން ބުނެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމާއި ގުޅިގެން ބައިނަލް އަގުވާމީ ފަރާތްތަކާއި އެކަން ހިއްސާކުރުމަށް އިދިކޮޅުގެ ޓީމެއް ވަނީ ރާއްޖެއިން ބޭރަށް ގޮސް އެކި ޤައުމުތަކުގެ ސަފީރުންނާ ބައްދަލުކޮށްފައެވެ. އެ ބައްދަލުުވުންތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސައީދު ވިދާޅުވީ ރައީސް ޔާމިންެގެ މައްސަލާގައި ބައިނަލްއަގުވާމީ ގާނޫނީ ޓީމެއް އެކުލަވާލަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީނަށް ދީފައިވަނީ ނުހައްގު އަނިޔާއެއްކަން ބޭރު ދުނިޔޭގެ ފަރާތްތައް ވެސް ގަބޫލު ކުރާ ކަމަށެވެ. އަދި އެ ބޭފުޅުންނާއި ބައްްދަލު ކުރުމުން ބޭރު ދުނިޔޭގެ ގައުމުތަކުގެ ކަންބޮޑުވުން މި މައްސަލައިގައި އޮތް މިންވަރުވެސް އެނިގެން ގޮސްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ، ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް ބަލައި ނުގަނެވޭނެ އެތައް ކަންތަކެއް ހިނގާފައިވާ ކަމަށެވެ. އެހެން ކަމުން، އެކަންތަކާއި ގުޅިގެން ވަރަށް އަވަހަށް ބޭރުގެ ގައުމުތަކުން، މި ސަރުކާރާއި އެ ކަންބޮޑުވުންތައް ހިއްސާކޮށް ބަޔާން ނެރޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ޔާމީން މިނިވަން ނުވަނީސް އިދިކޮޅުން މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާނުލުމަށް ނިންމާފައެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބައިނަލްއަގްވާމީ ފަރާތްތަކާއި ބައްދަލުކުރުމަށް ވެސް ވަނީ ނިންމާ އެ ހަރަކާތްތައް ވެސް ދަނީ ކުރިޔަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: