ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރާ އިސްލާހު ތަސްދީގުކޮށްފި

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރާ އިސްލާހު ތަސްދީގުކޮށްފި - ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ. މި އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ ތިންވަނަ ދުވަހުއެވެ.

އިސްލާހު ފާސްވީ 69 މެންބަރުންގެ ވޯޓުންނެވެ. ބިލް މަޖިލިހުން ފާސްކުރީ އިތުރު ދެ އިސްލާހާއެކުއެވެ. އެގޮތުން ފުރަތަމަ އިސްލާހަކީ އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ. ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބުގައި މީގެ ކުރިން އޮންނަ ގޮތުން ނަމަ ލޯކަލް ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރު ދުވަހުގެ މުއްދަތެކެވެ. އެހެންކަމުން މީގެ ކުރިން ބޭއްވި ތިން ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތައް އިންތިހާބު ކުރީ ތިން އަހަރު ދުވަހުގެ ދައުރަކަށެވެ.

ލާމަރުކަޒީ ބާބަށް އިސްލާހު ގެންނަން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި ބިލް މުޅި މަޖިލީހުގެ ކޮމެޓީން ދިރާސާކޮށް ނިންމައި އެ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. ގާނޫނު އަސާސީއަށް މަޖިލީހުން ގެނައި އިސްލާހު ރައީސް ސޯލިހް ތަސްދީގު ކުރެއްވުމުން، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކައުންސިލްތައް އިންތިހާބު ކުރާނީ ފަސް އަހަރުގެ ދައުރަކަށެވެ. މީގެ އިތުރުން ކައުންސިލްތަކުގެ އެކުލެވުމަށް ވެސް ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އެ ގޮތުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި ރަށު ކައުންސިލްތަކުގެ ރައީސުން އެ ކައުންސިލެއްގައި ހިމެނޭ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކުރާ ގޮތަށް ލާމަރުކަޒީ ބާބު ވަނީ އިސްލާހު ކޮށްފަ އެވެ.

އަތޮޅު ކައުންސިލްގެ އެކުލެވުމަށް ގެނައި ބަދަލާއެކު އަތޮޅު ކައުންސިލްތަކުގައި ތިބޭނީ އެ އަތޮޅެއްގައި ހިމެނޭ ރަށު ކައުންސިލްތަކުގެ ރައީސުންނާއި މުޅި އަތޮޅުގެ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސްއެކެވެ. މިހާރު އަތޮޅު ކައުންސިލް އެކުލެވިފައި ވަނީ އެ އަތޮޅެއްގައި ހިމެނޭ ކޮންމެ އިދާރީ ދައިރާއިން އިންތިހާބު ކުރާ މެންބަރުން ތިއްބަވާ ގޮތަށެވެ. ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމުގެ ގޮތުން ލާމަރުކަޒީ ގާނޫނަށް ވެސް އިސްލާހުތަކެއް ވަނީ ގެނެސްފަ އެވެ. އެ ގޮތުން ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދޭއިރު، ރަށްރަށާއި ފަޅުތަކުގެ ކުލިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ކައުންސިލްތަށް ލިބޭ ގޮތަށް ހަދަން ބިލްގައިވެ އެވެ. އަދި މީހުން ދިރުއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. ކައުންސިލްތަކުގެ ގޮނޑިތަކުގެ ތެރެއިން 33 ޕަސެންޓްގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ވެސް ވަނީ ގާނޫނު އިސްލާހު ކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: