ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ރެޔަކު ޕީއެންސީއިން ޖަގަހައެއް ހުޅުވަމުންދޭ : ފަލާހު

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް އާ ޖަގަހަތައް ހުޅުވަމުންދާ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވެއްޖެއެވެ. ފަލާޙު މިހެން ވިދާޅުވީ ރޭ ބޭއްވި އެ ޕާޓީގެ މެދުހެންވޭރު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަލާޙު ވިދާޅުވީ، ޕީއެންސީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި އެ ޕާޓީގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ އިއުލާން ކުރެއްވިއެވެ. ފާއިތުވި ހަފްތާގެ ތެރޭގައި ފުވައްމުލަކު ސިޓީ އާއި ތިނަދޫ ސިޓީގައި ވެސް ކެމްޕެއިން ލޯންޗުކޮށްފައިވާކަން ފަލާޙު ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ފަލާޙު ވިދާޅުވީ، ސިޔާސީ މަޝްރަހާ ބެހޭގޮތުން އިދިކޮޅުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެ ފަރާތްތަކުން މާގިނަ ކެނޑިޑޭޓުން ކުރިމަތިލާފައި ނުވާ ކަމަށެވެ. ”އިދިކޮޅުން ދައްކާ ވާހަކައެއްގައި އެއްވެސް އޮއްޓަރެއް ނެތް،“ ފަލާޙު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން 1,300 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ކަމަށެވެ.

ޕާޓީގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަލާޙު ވިދާޅުވީ، 2023 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕީއެންސީގައި ތިބީ އެންމެ 3,000 މެމްބަރުން ކަމަށެވެ. ނަމަވެސް، ރައީސްގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ ތާއީދާއެކު މިއަދު އެ އަދަދު 75,000 އަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައިވެސް ކުރު މުއްދަތެއްގެ ތެރޭގައި ޕާޓީއަކުން ހޯދި އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީކަން ފާހަގަކުރައްވައި، އިދިކޮޅު ބައެއް ޕާޓީތަކަށް 3,000 މެމްބަރުން ހަމަނުވެގެން އުޅޭ މަންޒަރު ފެންނަ ކަމަށްވެސް ފަލާޙު ވިދާޅުވިއެވެ. ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ޒުވާން އަދި އެންމެ ވަރުގަދަ ޕާޓީ ކަމަށް ވިދާޅުވެ ފަލާޙު ވަނީ ވާހަކަ ނިންމާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: