ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގައި ޖުމުލަ 2،993 ކެންޑިޑޭޓުން ވާދަކުރާނެ: އީސީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމުލަ 2،993 ކެންޑިޑޭޓުން ވާދަކުރާނެކަން އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ. މި އިންތިޚާބުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު އިއްޔެ ހަވީރު 5:30 އަށް ވަނީ ހަމަވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި 1،936 ފޯމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރުމަށް ހުށަހެޅި 1،611 ފޯމު ހިމެނެއެވެ.

ކޮމިޝަނުން ބުނީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ހުރިހާ ފޯމެއް މިހާރު ޕްރޮސެސްކޮށް، ފޯމު ހުށަހެޅި ފަރާތްތަކަށް ޖަވާބު ދީފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 2،993 މީހެއްގެ ކެންޑިޑެސީ ގަބޫލުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 1،610 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރާ 1،383 ކެންޑިޑޭޓުންނެވެ.

ބައެއް ފޯމުތައް ބަލައިނުގަތް ސަބަބުތަކާ ގުޅޭގޮތުން ކޮމިޝަނުން ބުނީ، މައިގަނޑު ގޮތެއްގައި މައްސަލަ ދިމާވީ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑުގެ ތަފްސީލު ނެތުމުން ކަމަށެވެ. މީގެ އިތުރުން ކަރެކްޝަނުން ފުރިހަމަ ކުރަންޖެހޭ ބައެއް ރެކޯޑުތައް ފޯމާއެކު ހުށަހަޅާފައި ނެތުމަކީ ވެސް ފޯމުތައް ބަލައިނުގަތް ސަބަބެއް ކަމަށް އީސީން ފާހަގަކުރިއެވެ.

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. މިއަހަރުގެ އިންތިޚާބުގައި ޖުމްލަ 294،937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. މީގެ ތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: