ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބާއި އެކު ބޮޑު ދެ އިންތިހާބު އެއްކޮށްލުމުގެ ރިފަރެންޑަމް ގެންދަން އުޝާމް ތާއީދު!

ބަންޑާރަ ނައިބު އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބެއް ކައިރިވެފައި ވަނިކޮށް، ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ރިފަރެންޑަމް ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި މިއަދު ވަނީ ފަށާފަ އެވެ. އެގޮތުން ކޮމިޓީގައި މިއަދު އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔައީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި، ބަންޑާރަ ނައިބާ ބައްދަލު ކުރުމެވެ. އެއަށް ފަހު ދެވަނަ ބައެއްގެ ގޮތުގައި ކުރިޔަށް ގެންދިޔައީ ސިޔާސީ ޕާޓީތަކާއި ބައްދަލު ކުރުމެވެ.

ކޮންމެވެސް ވަރަކަށް ހޫނުވެސް ވި މި ބައްދަލުވުމުގައި، އެމްޑީޕީގެ މެމްބަރުން ވަނީ އިސްލާހު ހުށަހެޅުމުގެ މަގްސަދާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި އިންތިހާބުގައި ނިކުމެދާނެ ގާނޫނީ މައްސަލަތައް ގިނަކަމަށް ދިޔައީ ބުނަމުންނެވެ. އެކަމާއި ގުޅުވައި މެމްބަރުން ކުރި ސުވާލަށް މިއަދުގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށެވެ.

އުޝާމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ރިފަރެންޑަމް ގާނޫނުގައި 45 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައި އޮތީ އެކަމަށް އެކަށީގެންވާ މުއްދަތެއްކަމަށް މަޖިލީހުން ގަބޫލުކުރާތީ އެވެ. އަދި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލް ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރެއްވުމަށްފަހު، ގާނޫނު ބުނާގޮތުގެ މަތީން ކެބިނެޓުގެ ލަފަޔާއެކު އިލެކްޝަންސް ކޮމިޝަނަށް ގަރާރެއް ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނެކަމަށް އުޝާމް ވިދާޅުވި ވިދާޅުވިއެވެ.

އުޝާމް ވިދާޅުވި ގޮތުގައި، އެ ގަރާރުގައި ސަރުކާރުން ރިފަރެންޑަމް ބާއްވަން އެދޭ ތާރީހެއް ހިމަނަން ޖެހޭނެއެވެ. އެގޮތުން، އެ ތާރީހަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭ ދުވަސް ކަމުގައި ވީނަމަވެސް، އެއީ ގާނޫނާ ފުށުއަރާކަމެއް ނޫންކަމަށް އުޝާމް ވިދާޅުވިއެވެ.

ދެ އިންތިހާބު އެއްކޮށް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުންކަމަށްވާއިރު، އެކަމަށް އިޝާރާތް ކުރައްވައި އުޝާމް ވިދާޅުވީ ރިފަރެންޑަމްއަކީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ބައިވެރިވާންޖެހޭ ކަމަކަށް ވާތީ، ވަކިން މިކަން ކުރަން ގޮސްފިނަމަ ވަރަށް ބޮޑު ހަރަދެއް ހިނގާނެކަމަށެވެ.

އެހެންވީމަ އެ 45 ދުވަހުގެ މުއްދަތެއް އެއީ މި ހަމަ ރިފަރެންޑަމް ބޭއްވުމަށް އެކަށީގެންވާ މުއްދަތެއް ގާނޫނުގައި އޮތް ގޮތުން. އެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް ގާނޫނާ އެއްގޮތަށް އެކަން ކުރިއަށްދާނީ. ދެން މިހާރު ހުށަހަޅާފައި އޮތް ބިލް ރައްޔިތުންގެ މަޖިލީހުން ފާސްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން ފާސްވެއްޖެ ކަމުގައި ވަނީ ނަމަ، އެ ތަސްދީގު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ހިސާބުން ރައީސުލްޖުމްހޫރިއްޔާ ޖެހިވަޑައިގަންނަވާ ކެބިނެޓުގެ ލަފަޔާ އެއްކޮށް ގަރާރެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވަން. އެ ގަރާރު ސަރުކާރުގެ ފަރާތުން ރިފަރެންޑަމް ބާއްވަން އެދޭ ތާރީހެއް އޮންނަން ޖެހޭނެ. އެހެންވީމަ އެ ތާރީހު ކެބިނެޓުގެ ލަފަޔާ އެކު ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ގަރާރުގައި އޮންނާނެ. އެ ތާރީހަކީ މިސާލަކަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބޭއްވޭ ދުވަސް ކަމުގައި ވާކަމުގައި ވަނީ ނަމަ، އެއީ ގާނޫނާ ފުށުއަރާ ކަމެއް ނޫން. އަޅުގަނޑު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފަދަ ކަމެއް ކުރާކަމުގައި ވަނީނަމަ ހަމަ އެންމެ ރަނގަޅު ގޮތަކީ އިންތިހާބަކަށް ކުރިމަތިވެފައި އޮތް ކަމުގައި ވަނީނަމަ އިންތިހާބަކާ އެކީގައި އެކަން ކުރުން.

ލޯކަލް ކައުންސިލް އިންތިހާބާ އެކު ރިފަރެންޑަމް ކުރިއަށް ގެންގޮސްފިނަމަ، ނިސްބަތުން ކުޑަ ހަރަދަކުން ރައްޔިތުންގެ ވިސްނުމާއި ހިޔާލު ހުރި ގޮތް ވޯޓުން އެނގިގެންދާނެކަމަށް އުޝާމް ވިދާޅުވި އެވެ. އެހެންކަމުން، ގާނޫނީ ގޮތުން މުއްދަތު ލިބޭނަމަ އެންމެ ރަނގަޅު ގޮތަކީ ލޯކަލް ކައުންސިލް އިންތިހާބާ އެކު ރިފެރަންޑަމް ވޯޓު ކުރިއަށް ގެންދިއުންކަމަށް އުޝާމް ލަފާދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: