ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ އެއްވެސް ސަރުކާރަކުން މަސްވެރިކަމުގެ ރަނގަޅު ސިޔާސަތެއް ތަންފީޒުކޮށްފައެއް ނެތް: ރައީސް

ކުރީގެ އެއްވެސް ސަރުކާރަކުން މަސްވެރިކަމުގެ ރަނގަޅު ސިޔާސަތެއް ތަންފީޒުކޮށްފައެއް ނެތް: ރައީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާއަތު ކުރި ނާރާ އޮތް ސަބަބަކީ ވޭތުވެ ދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް މަސްވެރިކަން ތަރައްޤީކުރާނެ ސިޔާސަތެއް ނެތުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ތާޜީޚަށް ބަލާއިރު، އަދި އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތުގައި ބަސްބުނުމުގެ ބާރު ދިވެހިންނަށް އޮންނަން ޖެހޭކަމަށެވެ. ނަމަވެސް އެކަން ނުވެފައި އޮތީ ވެތުވެ ދިޔަ ސަރުކާރުތަކުގައި ހަރުދަނާ ސިޔާސަތެއް އެކުލަވާލާ ތަންފީޒުނުކުރުމުން ކަމަށްވެސް ރައީސް ވިދާޅުވިއެެވެ.

“މަސްވެރިކަމުގެ ސިނާއަތު ކުރިއަރަންވީވަރަށް ކުރި ނާރާ މިހާ ދުވަހު މިއޮތީ، ވޭތުވެ ދިޔަ ތަނުގައި އެއްވެސް ސަރުކާރަކުން، ރަނގަޅު ސިޔާސަތެއް ކަނޑައަޅާ ތަންފީޒުކޮށްފަ ނެތީމަ”

ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތުގައި ބަސްބުނުމުގެ ޖާގަ ރާއްޖެއިން ހޯދާނޭކަމަށެވެ. އެކަން ކުރެވެން އަންނަނީ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަން ކުރައްވާނެ ކަމަށާއި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވާނޭ ކަމަށެވެ.

“ދިވެހި މަސްވެރިކަމުގެ ބާވަތާ، ދިވެހިންގެ ތަޖުރިބައަށް ބަލާއިރު، އަޅުގަނޑުމެން މިއަދު ތިބެން ޖެހޭނީ، އިންޑިއާ ކަނޑުގެ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި ބަސްބުނެވޭ ބައެއްގެ ގޮތުގައި. އެހެން ނަމަވެސް މިހާރު މިވާގޮތަކީ، ބަޔަކު ކަނޑައަޅާ ސިޔާސަތުތަކެއް އަޅުގަނޑުމެން މި ޖެހެނީ ތަންފީޒުކުރަން. މިކަން އެބަޖެހޭ ބަދަލުކުރަން. މިކަން ކުރެވޭނީ، ސަރުކަރުގެ ސިޔާސަތުތައް ބަދަލުވެގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން”

ރައީސް ޞާލިހު ވިދާޅުވީ މި އަހަރަކީވެސް ދިވެހި މަސްވެރިކަމުގައި ވަރަށް ފާގަތި އަހަރެއްކަމަށެވެ. އެގޮތުން މިފްކޯގެ ތާރީޚްގައި މިހާތަނަށް އަހަރެއްތެރޭގައި ނުގަންނަވަރަށް މަސް މި އަހަރު ގަނެފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަސްވެރިކަން ކުރާ އުޅަނދުފަހަރު ތަރައްޤީވެ މަސްވެރި ދޯނިތަކުގެ ސްޕީޑު ބާރުވިނަމަވެސް މަސްވެރިންނަށް ޚިދުމަތްދޭ ކުންފުނިތައް އަދިވެސް ހުރީ މީގެ 30 އަކަށް އަހަރު ކުރީގެ ޙާލަތުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: