ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިފަރެންޑަމް ވޯޓު ކައުންސިލް އިންތިހާބާއި އެކު ނަގަން، މި މަހުގެ 18 އަށް ބިލުގެ މަސައްކަތް ނިންމަން ޖެހޭ

މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން އިލެކްޝަންސް ކޮމިޝަނާއި، ބަންޑާރަ ނައިބުގެ އޮފީހާއި ބައްދަލު ކުރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް، ނަގާ ރިފެރެންޑަމް ލޯކަލް ކައުންސިލްތަކުގެ އިންތިހަބާއި އެކު ބޭއްވޭނީ ބިލުގެ މަސައްކަތް މި މަހުގެ 18 ގެ ކުރިން ނިންމައިގެންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ސަރުކާރުން ހުށަހެޅިއިރު، އިސްލާހުގެ ކޮމިޓީގެ މަރުހަލާ މިއަދު ވަނީ ފަށާފަ އެވެ. މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓިން ބިލުގެ މަސައްކަތަށް އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ، އިލެކްޝަންސް ކޮމިޝަނާއި ބަންޑާރަ ނައިބުގެ އޮފީހާއި އެވެ. އެއަށް ފަހު ދެވަނަ ސެޝަންގައި ބައްދަލު ކުރީ ސިޔާސީ ޕާޓީތަކާ އެވެ.

މިއަދުގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ވަނީ، އިލެކްޝަންސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއާއި އެކު ސިއްރު ބައްދަލުވުންތަކެއް ކުރިޔަށް ގެންދިޔަކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އަދި ސަރުކާރުން މި އިސްލާހު ހުށަހަޅާފައި ވަނީ ދައުރު ދަންމާލުމަށްކަމަށް ކުރާ ތުހުމަތު ތަކުރާރު ކުރި އެވެ.

ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާކަމަށް އެމްޑީޕީން ބުނާއިރު، ކޮމިޓީގައި އީސީގެ ރައީސް ޒާހިދު ވިދާޅުވީ ކައުންސިލް އިންތިހާބާއި ރިފަރެންޑަމް އެއްކޮށް ބޭއްވޭނީ ބިލުގެ މަސައްކަތް ކޮމިޓީގައި މި މަހުގެ 18 އަށް ނިމިގެން ކަމަށެވެ.

ކޮމިޝަން އޮތީ ކައުންސިލް އިންތިހާބާއި އެކު، ރިފަރެންޑަމް ބާއްވަން ޖެހޭ ހާލަތަކަށް ވެސް ތައްޔާރަށްކަމަށް ޒާހިދު ވިދާޅުވި އެވެ. އަދި ކައުންސިލް އިންތިހާބަށް ހިނގާނެ ހަރަދާއި އެކު، ދެން އިތުރަށް ބޭނުންވާނެކަމަށް ޒާހިދު ލަފާކުރީ 20 މިލިއަން ރުފިޔާ އެވެ.

އެއީ ވޯޓު ކަރުދާސް ޗާޕުކުރުމަށާއި، އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތްތަކަށެވެ.

ޒާހިދު ވިދާޅުވީ ރިފަރެންޑަމް ފަހުގެ ތާރީހެއްގައި ބާއްވާނަމަ، އެކަމަށް 60 މިލިއަން ރުފިޔާއާއި، 80 މިލިއަނާއި ދެމެދުގެ އަދަދެއް ހަރަދުވާނެކަމަށެވެ.

އިންތިހާބާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޒާހިދު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެތީ ރައްޔިތުންނަށް ރަނގަޅަށް މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރި ކުރުވަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: