ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް އުފާވެރި ޚަބަރެއް: މަސް ގަންނަ ކުންފުނިތަކަށް ދީފައިވާ އެކްސްކްލޫސިވިޓީ އުވާލަން ނިންމައިފި

ދިވެހި މަސްވެރިކަމަކީ، އެތައް ސަތޭކަ އަހަރެއް ތަޖުރިބާކޮށްފައިވާ ދިވެހިންގެ އިޤްތިޞާދީ ތަރިކައެއް. . ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސްގަންނަ ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ނިންމަވައިފިއެވެ.

އެކަން ނިންމާފައިވާކަން އިއުލާނުކުރެއްވީ 39 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ބައެއް ފަރާތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ހަނދާނީ ފިލާ އެ ފަރާތްތަކަށް އެރުއްވުމަށްފަހު ރައީސް ޞާލިހު ވިދާޅުވީ، މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދަ ދެއްވާނޭކަމަށެވެ. އެގޮތުން މަސްގަތުމަށް މިހާރު ކުންފުނިތަކަށް ދޫކޮށްފައިވާ އެކްސްކުލޫސިވް އުވާލައްވާނެކަމަށްވެސް ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ އެއީ މަސްވެރިކަމުގެ ދާއިރާއަށް މި ސަރުކާރުން ގެންނާނެ އެންމެ ބޮޑު ބަދަލު ކަމަށެވެ. ރައީސް ވިދާޅުވީ އެ ބަދަލުގެ ސަބަބުން މަސްގަތުމުގެ ފުރުޞަތު އިތުރު ކުންފުނިތަކަށް ހުޅުވި، މަސްވެރިން ބާނާ މަސް، ކަނޑަށް އުކާލަން ނުޖެހި، އާމްދަނީ އިތުރުކުރެވޭނެ ކަމަށެވެ.

“މަސްވެރިކަމުގެ ސިޔާސަތަށް އަޅުގަނޑުމެން ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ، މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުން. އެކަން ފުރިހަމަކުރުމުގެ ކަންކަން އެ ދަނީ ކުރެވެމުން. މިބަދަލުގެ ސަބަބުން މަސްގަތުމުގެ ފުރުޞަތު އިތުރު ކުންފުނިތަކަށް ހުޅުވި، މަސްވެރިން ބާނާ މަސް، ކަނޑަށް އުކާލަން ނުޖެހި، އާމްދަނީ އިރާދަކުރެއްވިއްޔާ އިތުރުކުރެވޭނެ.”

މަސްވެރިންގެ އެންމެ ބޮޑު އަނެއް ޝަކުވާއަކީ، ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް، ބޭރުގެ މަސްވެރިންނަށް ލައިސަންސް ދީފައި އޮތް އޮތުންކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ މި ވެރިކަން ފެށުނުއިރު، ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް 28 ކުންފުންޏަކަށް އޮތީ ހުއްދަ ދީފައިކަމަށެވެ. އެ ކަމުގައި ޙަރަކާތްތެރިވަނީ ގިނައިން ބިދޭސީންކަމަށާއި އެ މަސްވެރިކަމުން ދައުލަތަށް ލިބެނީ އަހަރަކު، އެންމެ 1.9 މިލިއަން ރުފިޔާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“މިއީ ލޭނުގެ މަސްވެރިކަމުން ދައުލަތަށް ޙައްޤުވާ މިންވަރު ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއްނުކުރެވޭ. އެހެންކަމުން، އަޅުގަނޑުމެން ނިންމީ، މި ދެންނެވި ލޭނުގެ މަސްވެރިކަމަށް، އިތުރަށް ލައިސަންސް ނުދިނުމަށް. ސަރުކާރުގެ އަމާޒަކީ، ދިވެހިންގެ ޙިއްޞާ އިތުރުވާގޮތަށް، ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން، ލޭނުގެ މަސްވެރިކަމުގެ ސިޔާސަތު ބައްޓަންކޮށް، ދިވެހިރާއްޖެއަށް މިކަމުން ލިބޭ އާމްދަނީ އިތުރުކުރުން.”

ރައީސް ޞާލިހު ވިދާޅުވީ މަސްވެރި ޢާއިލާތަކުގެ ޝަކުވާއަކީ، ރަށުގައި ތިބެގެން ކުރެވޭނެ، މަސްވެރިކަމާ ގުޅުން ހުރި، މަސައްކަތްތައް މަދުވުންކަމަށާއި ރަށު ފެންވަރުގައި ވެލިއު އެޑްކޮށްގެން، މަހުން ރަނގަޅު އާމްދަނީ ހޯދުމުގެ ފުރުސަތު ހަނިވުންކަމަށެވެ.. މި ޝަކުވާތައް އަޑުއަހައި، ސަރުކާރުން ނިންމާފައި ވަނީ، ރަށު ފެންވަރުގައި މަސްވެރިކަމުގެ އައު އުފެއްދުންތައް ތައްޔާރުކުރުމުގައި އެހީތެރިވެދޭންކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިގޮތުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، އަދި ހުޅުމީދޫގައި ގޭދޮށު މަސް ޕްލާންޓް ބެހެއްޓުމަށް، އިންޑިޔާ ސަރުކާރާ އެކު، އެމް.އޯ.ޔޫއެއްގައި މިހާރު ސޮއިކޮށްފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: