ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަވަރ އޮފް ކޯޑް ފާހަގަކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ފުރަތަމަ ފަހަރަށް ”އަވަރ އޮފް ކޯޑު“ ދިވެހިރާއްޖޭގައި ފާހަގަކޮށްފިއެވެ.

”އަވަރ އޮފް ކޯޑް“ އަކީ ކޮމްޕިއުޓަރ ސައިންސް އެޑިއުކޭޝަން ވީކް އަދި މި ދާއިރާގައި ހަރަކާތްތެރިވާ ބައިނަލްއަޤުއާމީ ކޯލިޝަންގެ ފަރާތުން ދުނިޔޭގެ ފެންވަރުގަ ހިންގާ އެއްގަޑިއިރުގެ ހަރަކާތެކެވެ.

2014 ވަނަ އަހަރުން ފެށިގެން ހިންގާ މި ހަރަކާތުގެ މަޤްސަދަކީ ކިޔަވާކުދިންނަށް ކޮމްޕިއުޓަރ ސައިންސާއި ކޮމްޕިއުޓަރ ޕްރޮގްރާމިންގ ތައާރަފްކުރުމެވެ.

އެއް ގަޑިއިރުގެ މި ހަރަކާތުގައި ދުނިޔޭގެ 180 އަށް ވުރެން ގިނަ ޤައުމުން ހަރަކާތްތެރިވެ 119،141 އިވެންޓް ރަޖިސްޓްރީ ކުރެވިފައިވެއެވެ. މިއީ މިގޮތަށް ދުނިޔޭގައި ”އަވަރ އޮފް ކޯޑް“ ބޭއްވޭ 6 ވަނަ އަހަރެވެ.

ރަސްމީ ސިފައެއްގައި ސަރުކާރުން މިއަހަރު މިވަނީ މިމިނިސްޓްރީން ގާއިމްކޮށްފަވާ ”ކޯޑް ކްލަބް މޯލްޑިވްސް“ މެދުވެރިކޮށް ރާއްޖޭގައި އަވަރ އޮފް ކޯޑް ހަރަކާތުގަ ބައިވެރިވެިކަން ފާހަގަކޮށްލެވެއެވެ. އަދި މިތަޖުރިބާގެ އަލީގައި ގައުމީ ފެންވަރެއްގައި 2020 ވަނަ އަހަރު މިހަރަކާތް މުޅިރާއްޖޭގައި ހިންގުމަށްވަނީ ރޭވިފައެވެ.

މިގޮތުން އަވަރ އޮފް ކޯޑު ފާހަގަކުރުމުގެ ގޮތުން މި މިނިސްޓްރީގެ ފަރާތުން އެއް ހަފްތާގެ މުއްދަތަށް ދެމިގެންދާ ސެޝަންތަކެއް މިހާރު ކުރިއަށް އެބަދެއެވެ. މި ސެޝަންތައް ފެށުނީ މި މިނިސްޓަރީއާއި މި މނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުގެ މުވައްޒަފުންނާއި މުވައްފުންގެ އާއިލަތަކަށް ހާއްސަކުރެވިގެންނެވެ. އަދި މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި، އިދާރާތަކާއި، އާއްމުނަށްވެސް އަވަރ އޮފް ކޯޑުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މިނިސްޓްރީގެ އަމާޒަކީ މި ހަފްތާ ތެރޭގައި 100 ކުދިންނަށް އަވަރ އޮފް ކޯޑުގައި ބައިވެރިވުމުގެ ފުރުސަތު ދިނުން ކަމަށް މިނިސްޓްރީއޮފް ކޮމިއުނިކޭޝަނުން ބުނެއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއިން ދެކޭ ގޮތުގައި ކޮންމެ ކުއްޖަކަށްވެސް އެންމެ ޅަފަތުން ފެށިގެން ބޮޑުވެގެން އަންނައިރު ކޯޑު ކުރުމުގެ ހުނަރު ލިބިގަތުމުގެ ފުރުސަތު އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ.

މިގޮތުން މިނިސްޓްރީގެ އަމާޒަކީ ސްކޫލް ތަކުގަ ކިޔަވަމުންދާ 8 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް މި ފުރުސަތު ތަނަވަސްކޮށްދިނުމާއި އަދި ކޮމްޕިއުޓަރ ސައިންސްއަކީ މަޖާ، ފަސޭހައިން ދަސްކުރެވޭ، އެހާ އުނދަގޫކަމެއް ނޫންކަން ކުދިންނަށް ހާމަކޮށްދިނުންކަމަށް އެ ވުޒާރާއިން ބުނެއެވެ.  މިނިސްޓްރީގެ މަގުސަދަކީ ދުރުރާސްތާގައި ދިވެހިރާއްޖޭގައި ކޮމްޕިއުޓަރ ސައިންސްއާއި ދޯޅު ޖީލެއް ބިނާކުރުމެވެ.

”ކޯޑް ކުލަބް މޯލްޑިވްސް“ އަކީ ކުޑަކުދިންނަށް ކޯޑިންގެ އިލްމު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީން ނަގާފައިވާ އިސްނެގުމެކެވެ. މި އިސްނެގުމުގެދަށުން އެކި އަތޮޅުތަކުގައި ވޮލަންޓިއަރުންނާއި، ސްކޫލުތަކާއި އަދި ބެލެނިވެރިންގެ އެހީގައި ކޯޑު ކުލަބުތަށް ތައާރަފް ކުރެވިގެންދާނެއެވެ. މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ކޯޑު ކުލަބެއް އަދި ކޮންމެ ސްކޫލެއްގައި ކޯޑު ކުލަބެއް ގާއިމުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: