ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީ ހުޅުމީދޫގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

ހުޅުމީދޫގައި ހުޅުވި މީޜާގެ ކަލެކްޝަން ސެންޓަރު --- ފޮޓޯ: މީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ހުޅުމީދުގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިއެވެ.

މީރާއިން ބުނީ ހުޅުމީދޫގެ ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށެވެ.

ހުޅުމީދޫގައި ހުޅުވުނު ކަލެކްޝަން ސެންޓަރާއެކު 2012 ވަނަ އަހަރު އައްޑޫ ސިޓީ ހިތަދޫގައި ހުޅިވާފައިވާ މީރާގެ އައްޑޫ ބްރާންޗް މެދުވެރިކޮށް އައްޑޫސިޓީއަށް މީރާގެ ޚިދުމަތްތަށް ދަނީ ދެމުންނެވެ.

ހުޅުމީދޫގައި ގާއިމްކުރި އެ ސެންޓަރުން، މީރާގެ މާލެ އޮފީހުން ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް މީރާއިން މައުލުމާތު ދެއެވެ.

އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހުގެ ފައިސާއާ މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މީރާ އިން ބުނެ އެވެ.

މީރާގެ ޚިދުމަތްތައް ދޭ 14 އޮފީހެއް އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: