ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 3200 އަށް ވުރެ ގިނަ ދަޅުމަސްކޭސް ދޫކޮށްފި!

ސަރުކާރުން ރޯދައަށް ހަދިޔާ ކުރާ މަސްދަޅު ކޭސް. / ފޮޓޯ: ޚުލާސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް މާލެ ސަރަހައްދުން އެކަނިވެސް 32،000 އަށް ވުރެ ގިނަ ކޭސް ދޫކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޔޫސުފް ޢަބްދުލްޣަފޫރު ވިދާޅުވީ، ޖެނުއަރީ 24 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މަސައްކަތުގައި ކޮންމެ ރެޔަކުވެސް ކޮންމެ މަރުކަޒަކުން 300 ޓޯކަން ނަންބަރު ދޫކުރަމުންދާ ކަމަށެވެ. އަދި ކޮންމެ ޓޯކަން ނަންބަރަކަށް ގިނަވެގެން ދޫކުރެވެނީ ދެ ގޭބީސީގެ ކޭސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގޭބީސީތަކަށް މަސްދަޅު ދޫކުރުމުގެ އުސޫލު

މި އިންތިޒާމުގެ ދަށުން ކޮންމެ ގޭބީސީއަކަށް ދޫކުރަނީ އެއް މަސްދަޅު ކޭހެވެ. ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި، ގޭބީސީއެއް ކަމަށް ބަލަނީ ވަކިން ކައްކައި ކައިބޮއި، ވަކިން ދިރިއުޅުމުގެ ކަންކަން އިންތިޒާމުކޮށްފައިވާ އާއިލާތަކަށެވެ. މަސްދަޅު ކޭސް ހޯދުމަށްޓަކައި ”ރޯދަ ހަދިޔާ“ ޕޯޓަލް މެދުވެރިކޮށް ޓޯކަން ނަންބަރު ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފަހަރު ކިއުގައި ގިނައިރު މަޑުކުރަން ނުޖެހޭނެ ގޮތަށް އިންތިޒާމުތައް ބައްޓަންކޮށްފައިވާ ކަމަށެވެ. ޓޯކަން ލިބުމުން، މަސްދަޅު ބަލައި ދާންޖެހޭނެ ވަގުތު އެނގޭނެ ކަމަށާއި، ވަކި ސްޓޭޝަނަކުން ނަންބަރު ހުސްވެފައިވާނަމަ އެހެން ސްޓޭޝަނަކުން ނަން ނޯޓުކޮށްގެންވެސް ކޭސް ނެގޭނެ ކަމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

އަތޮޅުތެރޭގެ ހާލަތު

ރަށްރަށުގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔޫސުފް ޢަބްދުލްޣަފޫރު ވިދާޅުވީ، ވަރަށް ގިނަ ރަށްރަށުގައި މިހާރު މަސްދަޅު ބަހާ ނިމިފައިވާ ކަމަށެވެ. އަދި ބައެއް ރަށްރަށުގައި ގޭގެއަށް ހަމައަށް މަސްދަޅު ކޭސް ގެންގޮސްދީފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަސްދަޅު ދޫކުރުމުގައި އެއްވެސް ދަތިކަމެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ވީހާވެސް އަވަހަކަށް ޓޯކަން ނަންގަވައިގެން ހަދިޔާ ބަލައި ވަޑައިގަތުމަށް ސަރުކާރުން ވަނީ އެދިފައެވެ. އަދި މަސްދަޅު ކޭސް ނެގުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ 7741446 ނަންބަރަށް ގުޅުއްވުމަށް ނުވަތަ މެސެޖު ކުރެއްވުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: