ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރިޑެފައިން“ މަޝްރޫޢު ތަންފީޒުކުރުމަށްޓަކައި، އެމްއޯޔޫއެއްގައި ސޮއިކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕިއަން ޔޫނިއަންގެ މާލީ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންދާ ”ރިޑެފައިން“ މަޝްރޫޢު ތަންފީޒުކުރުމަށްޓަކައި، ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީ (SIGS) އާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (LGA) އަދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (MILG) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މުޖުތަމައުގެ ފެންވަރުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމާއި، ހަމަނުޖެހުންތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، މި ތިން މުއައްސަސާގެ މެދުގައި ގުޅުން ބަދަހިކޮށް މަޝްރޫޢުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރަސްމީކޮށް އެއްބަސްވުމުގެ ގޮތުންނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވި ފަރާތްތައް

މި އެއްބަސްވުމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އަލްފާޟިލާ ޙައްވާ އިޒްވަތެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސްގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރ އަލްފާޟިލް ޙުސައިން ވަޙީދެވެ. އަދި ސްމޯލް އައިލެންޑް ޖިއޮގްރަފިކް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ޑައިރެކްޓަރ އޮފް ސައިންސް އެންޑް އިނޮވޭޝަން ޑރ. މިޒްނާ މުޙައްމަދެވެ.

މަޝްރޫޢުގެ މަޤްޞަދާއި އަމާޒު

”ރިޑެފައިނިންގ ކޮންފްލިކްޓް ޕްރިވެންޝަން އެންޑް ޕީސްބިލްޑިންގ – އެމްޕަވަރިންގ ސީ.އެސް.އޯސް ފޯ ސަސްޓެއިނަބަލް ޕީސް އިން ސްރީލަންކާ އެންޑް ދަ މޯލްޑިވްސް“ ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ނާޒުކު މުޖުތަމައުތަކުގައި ހަމަނުޖެހުންތައް ހުއްޓުވުމާއި، ސުލްހަ ގާއިމުކުރުމުގެ އިތުރުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމެވެ.

މި މަޝްރޫޢުގައި ހާއްސަ އިސްކަމެއް ދެނީ ތިމާވެށީގެ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރުން ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށެވެ. މީގެ އިތުރުން، ރާއްޖެއާއި ސްރީލަންކާގެ ކަނޑައެޅޭ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި އަންހެނުން އިސްވެ ތިބެ ހިންގާ މަދަނީ ޖަމިއްޔާތަކުގެ ގާބިލުކަން އިތުރުކުރުމަށްވެސް މި މަޝްރޫޢުގެ ދަށުން މަސައްކަތް ކުރެވޭނެއެވެ.

މި ބައިވެރިވުމުގެ ޒަރީޢާއިން، ސުލްހައަށް މަސައްކަތްކުރާ ޒުވާނުން އަދި އެކި ދާއިރާތަކުގެ އިސް ފަރާތްތައް ހިމެނޭ ނެޓްވޯކްތައް ވަރުގަދަކޮށް، އެފަރާތްތަކަކީ އެކި ހާލަތްތަކަށް ކެތްތެރިވެ ކުރިމަތިލާން ދަންނަ ބަޔަކަށް ހެދުމަށް ”ރިޑެފައިން“ މަޝްރޫޢުން އަމާޒު ހިފާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: