ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީއިން މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ރަސްމީކޮށް ހުޅުވައިފިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. މި ޖަގަހަ ގާއިމުކޮށްފައިވަނީ އެސްޓީއޯ ހެޑް އޮފީސް ކުރިމަތީގައި ހުންނަ މ. ޝިންގަލްގައެވެ. ރޭ ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސްގެ އިތުރުން، ޕާޓީގެ ލީޑަރޝިޕްގެ އިސްވެރިންނާއި، މާލޭ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ ޖަގަހަ ހުޅުވުމުގެ އިތުރުން، ވިލިމާލެއާއި ހުޅުމާލެ ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ޕީއެންސީން ދަނީ ކެމްޕޭން ޖަގަހަތައް ހުޅުވަމުންނެވެ. އެގޮތުން މި މަހުގެ 1 ވަނަ ދުވަހު މެދުހެންވޭރު ދާއިރާގެ ޖަގަހަ ހުޅުވާފައިވާއިރު، ފާއިތުވި ހަފްތާގައި ފުވައްމުލަކު ސިޓީ އާއި ތިނަދޫ ސިޓީގައި ވެސް ވަނީ ކެމްޕޭން ހަރަކާތްތައް ރަސްމީކޮށް ފަށާފައެވެ.

ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙު ވިދާޅުވި ގޮތުގައި، ޕާޓީގެ ހަރަކާތްތައް މުޅި ރާއްޖޭގައި ވަރަށް ބާރަށް ކުރިއަށްދެއެވެ. އެގޮތުން އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި ޕާޓީގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރޭ ވަނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕޭން އޮފީސްވެސް ހުޅުވާފައެވެ.

ޕީއެންސީގެ މެމްބަރުންގެ އަދަދަށް އައިސްފައިވާ ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން ފަލާޙު ފާހަގަކުރެއްވީ، 2023 ވަނަ އަހަރު ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 3,000 ގައި ހުރި މެމްބަރުންގެ އަދަދު މިހާރު 75,000 އަށް އަރާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ކުރު މުއްދަތެއްގެ ތެރޭގައި ޕާޓީއަކުން ހޯދި އެންމެ ބޮޑު ކާމިޔާބީކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ. މި އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީން ދަނީ ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: