ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޑުގަދަކޮށް، ރިޔާސީ ބަޔާނަށް ހުރަސްއަޅާތީ މީކާއިލްއާއި، ޒިޔާދުގެ ނަން އިއްވައިފި

ރިޔާސީ ބަޔާން 2026
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރަށް މަޖިލިސް ހުޅުވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނަށް ހުރަސްއަޅައި، ތަޅުމުގައި އަޑުގަދަ ކުރާތީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފި އެވެ.

މަޖިލީހުގައި ރިޔާސީ ބަޔާން ރައީސް މުއިއްޒު ފެއްޓެވުމާއި އެކު، އިދިކޮޅުގެ މެމްބަރުން ވަނީ އިހުތިޖާޖު ކުރުމުގެ ގޮތުން ކަށިގަނޑު ފުމެން ފަށާފަ އެވެ. އަދި ތަފާތު އެކި ޝުއޫރުތަކާއި، ރައީސް މުއިއްޒަށް އަމާޒުކޮށް ލިޔެފައިވާ ބަސްތަކާއި ކުރެހުންތައް ހިމެނޭ ޕޯސްޓަރުތައް ބޭނުންކޮށްގެން ދިޔައީ އަޑުގަދަ ކުރަމުންނެވެ.

އަޑުގަދަ ކުރަމުން ދާ މެމްބަރުންގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެމްބަރު ޒިޔާދުގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް އަދި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނެ އެވެ.

ރިޔާސީ މޭޒު ކައިރީގައި އަޑުގަދަ ކުރަމުން ގެންދެވީ ނާޒިލް އެވެ. އަދި ރައީސް މުއިއްޒަށް އަމާޒުކޮށް ބަސްތަކެއް ލިޔެފައިވާ ކުރެހުމަކާއި އެކު އަޑުގަދަ ކުރަމުން ގެންދަނިކޮށް މީކާއިލްގެ ނަން އިއްވީ އެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: