ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަނަށް ވުރެ ގިނަ ޑޮލަރު އެބަހުރި؛ ތާރީހުގައި ރިޒާވް މައްޗަށް ދިޔަ މިއީ ފުރަތަމަ ފަހަރު: ރައީސް

ރައްޔިތުންގެ މަޖިލިސް ހުޅުވުމަށާއި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން އެބަހުރި ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ގްރޮސް ރިޒާވް މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް 192 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވެ، އިގްތިސާދީ ގޮތުން ހެޔޮ ބަދަލުތަކެއް އަންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހު ރާއްޖޭގެ އޯވަރޯލް ޑެފިސިޓް އަހަރަކު އެވްރެޖްކޮށް ހުރީ ޖީޑީޕީގެ ނިސްބަތުން 9 އިންސައްތައަށް ވުރެ މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ އަދަދު 9 އިންސައްތައަށް ވުރެ ކުޑަކުރެވިފައިވާ ކަމަށާއި، ނިމިދިޔަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައިގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، 2025 ވަނަ އަހަރުގެ ފުރަތަމަ 40 ހަފްތާގައި ބަޖެޓު ސާޕްލަސްއެއްގައި ހިފެހެއްޓުނު ކަމަށެވެ. އަދި 2026 ވަނަ އަހަރާއި މެދު ރާސްތާގައި ވެސް ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 9 އިންސައްތައަށް ވުރެ ދަށުގައި ހިފެހެއްޓުމަށް ސަރުކާރުން ރާވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދައުލަތުގެ އާމްދަނީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 38 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި 28.1 ބިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 378.2 މިލިއަން ރުފިޔާ ހިމެނެއެވެ.

މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ ޑޮލަރު އިތުރުވުމަކީ ރަސްމީ ރިޒާވްއަށް އައި ހެޔޮ ބަދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: