ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއުޒިލޭންޑުގެ ވައިޓަންގީ ދުވަހާއި ގުޅިގެން ރައީސްގެ ތަހުނިޔާ!

ޝެއާރކޮށްލާ ކަހަލަދޯ؟

ނިއުޒީލެންޑުގެ ޤައުމީ ދުވަސް ކަމުގައިވާ ”ވައިޓަންގީ ޑޭ“ އަކީ، 1840 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ”ޓްރީޓީ އޮފް ވައިޓަންގީ“ ނުވަތަ ވައިޓަންގީގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރި ދުވަހުގެ ހަނދާން އާކުރާ ދުވަހެވެ.

މި އެއްބަސްވުމަކީ އިނގިރޭސި ތާޖުގެ މަންދޫބުންނާއި ނިއުޒީލެންޑުގެ އަސްލު ވަޒަންވެރިން ކަމުގައިވާ މާއޯރީ ދަރިކޮޅުގެ ވެރިންނާ ދެމެދު، އިނގިރޭސި ވިލާތުގެ އިސްތިޢުމާރީ ބާރު ގަބޫލުކުރުމާ ގުޅޭގޮތުން ވެވުނު އެއްބަސްވުމެކެވެ. އެހެންކަމުން، ގިނަ ބަޔަކު މި އެއްބަސްވުން ބަލަނީ އެ ޤައުމުގެ ބިންގާ އެޅުނު ލިޔުން ކަމުގައެވެ.

ވައިޓަންގީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1934 ވަނަ އަހަރުއެވެ. އަދި 1974 ވަނަ އަހަރުން ފެށިގެން މި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު މި މުނާސަބަތު ފާހަގަކުރާއިރު، އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ. ނަމަވެސް، އެ ތާރީޚު ދިމާވަނީ ހޮނިހިރު ނުވަތަ އާދީއްތަ ދުވަހަކާ ނަމަ، އޭގެ ފަހުން އަންނަ ހޯމަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މި ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. ރައީސް ވިދާޅުވީ ނިއުޒީލެންޑުގެ ”ވައިޓަންގީ ޑޭ“ ގެ މުނާސަބަތުގައި، އެޤައުމުގެ ގަވަރުނަރު ޖެނެރަލް ހަރ އެކްސެލެންސީ ޑޭމް ސިންޑީ ކީރޯ އަށާއި، ބޮޑުވަޒީރު ހަރ އެކްސެލެންސީ ކްރިސްޓޮފަރ ލަކްސަން އަށާއި، ސަރުކާރަށާއި އަދި ނިއުޒީލެންޑުގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަނީ ނުހަނު އުފަލާއެކުގައިކަމަށެވެ.

”ވައިޓަންގީ ޑޭ“ އަކީ ޤައުމީ އެއްބައިވަންތަކަމާއި ތަރައްޤީއަށްޓަކައި، ތަފާތުތަކާއެކު އެކުގައި ކުރިއަށްދިއުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ދުވަހެއްކަމާއި،  ނިއުޒީލެންޑަށް ދެމިގެންވާ އަމާންކަމާއި އިތުރު ފާގަތިކަމަށް އެދޭ ހިނދު، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެ، އޭގެ ސަބަބުން ދެ ފަރާތަށްވެސް ފައިދާ ކުރަނިވި ކަންތައްތަކެއް ހާސިލުވެގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނަށް އެބައޮތަ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ

އަދި ހަމަ މިއާއެކު، މި ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، މިނިސްޓަރ އޮފް ރޭސިންގ، އަދި މިނިސްޓަރ އޮފް ރެއިލް، ވިންސްޓަން ޕީޓަރސް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވެސް މި ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޚަލީލް ވިދާޅުވެފައި ވަނީ ވައިޓަންގީ މުޢާހަދާގައި ސޮއިކުރުމުގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދިއެމަނިކުފާނުގެ އަމިއްލަ ނަމުގައި، ވައިޓަންގީ ދުވަހުގެ މުނާސަބަތުގައި ނިއުޒިލޭންޑްގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާކަމަށެވެ.

ދިވެހިރާއްޖެއާ ނިއުޒިލޭންޑްއާ ދެމެދު އޮތް ގުޅުމަކީ އިތުބާރާއި، އެއްބައިވަންތަކަމުގެ އަސާސްތަކާއި، ދެމެހެއްޓެނިވި އެކުވެރިކަމުގެ މައްޗަށް އެކުލެވިގެންވާ ގުޅުމެއްކަމުގައި ފާހަގަކުރައްވާ ޚަލީލް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައިވެސް، ދެގައުމުގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިވެގެންދާނެކަން ޔަގީންކުރައްވާ ކަމަށްވެސް ޚަލީލް ވިދާޅުވެފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: