އިނގިރޭސިވިލާތާއި ދިވެހި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި އިނގިރޭސިވިލާތުގެ އާންމު އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު އަދި އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންއަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓެއްގައިއެވެ.
އެ ޓްވީޓްގައި ރައީސް ވިދާޅުވީ ރާއްޖެއިން އެންމެ ފުރަތަމަ ހާރިޖީ ގުޅުން ގާއިމް ކުރީ އިނގިރޭސިވިލާތާކަމަށާއި އަދި އޭގެ ފަހުން ދެ ގައުމާ ގުޅޭ ކަންކަމުގައި އެކުގައި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ.
https://twitter.com/ibusolih?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1205379330081058816&ref_url=https%3A%2F%2Fcnm.mv%2Fnews-93333.html
އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ 1987 ވަނަ އަހަރުގެ އިންތިހާބަށް ފަހު ކޮންޒަވޭޓިވުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރި އިންތިޚާބުކަން ފާހަގަކޮށްލެވެއެވެ.

