ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން މަސައްކަތް ކުރަން ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއް: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ލޮޖިސްޓިކްސް ކުންފުންޏެއް އުފައްދައިގެން މަސައްކަތް ކުރަން ނިންމުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ނިންމުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ މުޅިން ޚިލާފު، ދުނިޔޭގެ އެއްވެސް ޤައުމެއްގައި ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ. ސަރުކާރުގެ ދައުރަކީ ވިޔަފާރިއާ ވާދަކުރުން ނޫން ކަމަށާއި އެއާޚިލާފަށް އަދާކުރަންޖެހޭ ދައުރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހިތްވަރުދީ، އެފަދަ ވިޔަފާރިތައް ކުރިއެރުވޭނެ މަގު ފަހިކޮށްދިނުން ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ސަރުކާރަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާ ސީދާ ވާދަވެރިވުމަކީ ބާޒާރުގެ ވާދަވެރިކަމުގެ ހަމަ ނައްތާލާ، އިޤްތިޞާދީ ހަމަތައް ފުނޑުފުނޑުކޮށްލާ ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން ލޮޖިސްޓިކްސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ވާނެ ކަމަށާއި އެމަސައްކަތުން އާމްދަނީ ހޯދައިގެން ދިރިއުޅެމުންދާ އެތައް އާއިލާތަކަށް މާލީގޮތުން އެތައް ތަކުލީފެއް އުފުލަން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ ދިވެހި އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓި، ރައްޔިތުންގެ ދިރިއުޅުން އިތުރަށް ނިކަމެތިވެގެން ދާނެ ކަމަށެވެ. އަދި މީގެ ނޭދެވޭ އަސަރު ދޭދޭ ފަރުދުންނަށް ކުރުމުގެ އިތުރުން، މުޅި އިޤްތިޞާދަށްވެސް ކުރާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ޕްރައިވެޓް ސެކްޓަރގެ އިންވެސްޓްމަންޓްތައް މަދުވާނެކަމަށާއި، ވަޒީފާގެ ފުރުޞަތުތައް ގެއްލިގެން ދާނެކަމަށާއި، އިޤްތިޞާދީ ދުވެލި މަޑުޖެހިގެން ދިއުމުގެ އިތުރުން ވިޔަފާރީގެ އިތުބާރު ގެއްލިގެން ދާނެ ކަމަށް ވިދާޅުވިއެވެ. މިފަދަ ކަންކަމުން ރައްޔިތުންނަށް ކުރިމަތިވާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށާއި، އިޤްތިޞާދީ ހަމަތައް ނެގެހެއްޓުމަށް ސަރުކާރުން ވިޔަފާރި އުސޫލުން ހިންގާ ލޮޖިސްޓިކްސް ކުންފުނި އުފެއްދުމުގެ ނިންމުން އަވަހަށް ބަދަލުކުރުމަށް ގޮވާލާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: