އައްޑޫ ސިޓީގެ އައިސީޓީ ހަބުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އައްޑޫގައިގައި ޕީއެންސީން ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ސައީދު ވަނީ ދާދިފަހު ހުޅުވި ޝަންގްރިއްލާ އާއި ގުޅޭގޮތުން ވާޙަކަފުޅުދައްކަވާފައެވެ. އެގޮތުން ސައީދު ވިދާޅުވީ ނިމިދިޔަ ދަރއުރުގައި އެތަން ހުޅުވާނެ ކަމަށްބުނެ އެތައް ތާރިޙުތަކެއް ދިން ކަމަށެވެ. ޝަންގްރިއްލާގެ މެނޭޖްމެންޓާއި ވާހަކަދައްކާ އަދި ވެރިންނާއި ވާހަކަދައްކާ މިހާރު ޝަންގްރިއްލާ ވަނީ އޮޕަރޭޝަނަށް މިސަރުކާރުން ގެނެސްފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ހަމައެގޮތަށް ހުއްޓިފައިހުރި އެތައް މަޝްރޫއުއެއް މިޙާރު ކުރިއަށް ދާ ކަމަށާއި، ދުނިޔޭގެ ނަން މަޝްހޫރު ގޫގުލްގެ ކޭބަލް އިންޑިއަން އޯޝަން ހުރަސްކޮށް، އޮމާންއަށް ދާނީ ހިތަދޫ މެދުވެރިކޮށް ކަމަށެވެ. ސައީދު ވިދާޅުވީ އެ ކޭބަލްގެ ސަބަބުން އެކަނިވެސް އައްޑޫގެ ކުރިމަގުގެ އިގްތިސޯދީ އަދި ހާއްސަކޮށް ޑިޖިޓަލް އިކޮނިމީގެ ލޭންޑްސްކޭޕް އެ ސަރަހައްދުގެ ކުރިމަގަށްޓަކައި ދުނިޔޭގެ ފެންވަރުގައި ހައިޕަރސްކޭލް ކަނެކްޓިވިޓީ އަންނައިރު، އައިސީޓީ ހަބަކަށް ވުމުގެ ފުރުސަތު ދަނީ ހުޅުވިގެން ކަމަށެވެ.
”ކިހިނެތްތީ މިކަން ވެގެންދިޔައީ. ނިއުޔޯކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ބައްދަލުކުރެއްވީ ގޫގުލްގެ އިސް ބޭފުޅުންނަށް. އެމަނިކުފާނު އެދިވަޑައިގަތީ އައްޑުއަށް އެ ކުރިއެރުން އަންނަން. އަޅުގަނޑުމެން ގާތްގަނޑަކަށް އަހަރަކާއި ދޮޅު އަހަރުގެ ތެރޭގައި ކުރި މަސައްކަތުގެ ނަތީޖާއަކީ މއިަދު ޕްރޮޖެކްޓަށް ބޭނުންވާ ހުރިހާ މަސައްކަތެއް މިވަނީ ނިމިފައި، ބިންވެސް ލިބިފައި“
ސައީދު ވިދާޅުވީ އެކަމުގެ އަމަލީ މަސައްކަތް ފެށުމަށ ްނުހަނު ގާތް ވެއްޖެ ކަމަށާއި، އޭޝިއާއަށް ބަލާއިރު، އެވަރުގެ ހަބެއް އެހެންތަނެއް ނޯންނާނެ ކަމަށެވެ. ސައީދު ވިދާޅުވީ އެމްޑީޕީގައި ތިބީ ވަރަށް ”ބައު“ ބަޔެއް ކަމަށާއި ހަމަ އެއްބަޔެއް ކަމަށެވެ. ރައީސް މުއިއްޒު ގައުމީ ނަވާ ހަވާލުވީއިރު، ދިޔަ ނުވާ ވަތެއްވެސް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވދާޅުވީ އެހުރިހާ ކަމެއް އަލުން ރަނގަޅުކޮށް، ގައުމު ދަރިވެރިނުވެ ކުރިއަށް ދާ ކަމަށެވެ. ސައީދު ވިދާޅުވީ ރާއްޖެއާއި އަދި ހާއްސަކޮށް އައްޑޫއަށް ވީ ވައުދުތައް ޗާޕުކޮށް ކައުންސިލަށް ހަވާލުކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

