ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު ސައީދު ސަރުކާރަށް: ރައީސް ނަޝީދުގެ ވާހަކަ ކުށްވެރިކުރޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާއާއި މެދު ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތައް ސަރުކާރުން ކުށްވެރިކުރަން ޖެހޭ ކަމަށާ، ސަރުކާރުން ދެކޭ ގޮތް ސުވާލެއް ނު އުފެދޭ މިންވަރަށް ސާފުކޮށްދޭން ޖެހޭ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރައީސް ނަޝީދު ޗައިނާއަށް ފާޑު ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ސައީދު ވިދާޅުވީ ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ދައްކާ ވާހަކަ ތަކަކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއްކަމަށެވެ.

ބައިނަލްއަޤުވާމީ ގުޅުންތައް ބޭއްވުމުގައި ގާތް ގުޅުންތައް އޮންނަ ދޭދޭ ޤައުމުތައް ޖެހޭ ގޮތަށް ސިޔާސީ ލީޑަރުން ވާހަކަދައްކަވައިގެން ނުވާނެކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ ގޮތުން އޮތް ގުޅުންތަކަށް ބުރުއަރާގޮތައް އަމިއްލަ ސިޔާސީ މަންފާއަށްޓަކާ ވާހަކަދައްކަވައިގެން ނުވާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

https://twitter.com/em_saeed/status/1205718275105026049

ރައީސް ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސޮއި ކުރި، ރާއްޖެ – ޗައިނާ ފްރީ ޓްރޭޑް އެގްރީމެންޓަކީ އިންވެސްޓްމެންޓެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: