ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ޙުކުމް ”ސެންސްމޭކް“އެއް ނުކުރޭ: ލޯޔަރ އާސިފް

ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކޮށްފައިވާ ޙުކުމް ތާކުންތާކު ނުޖެހޭކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

އާސިފް އެފަދައިން ވިދާޅުވީ މަނީ ލޯންޑަރ ކުރުމުގެ ސާބިތުކޮށް 4 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފައިވާ ރައީސް ޔާމީންގެ ޝަރީއަތާއި މެދު ކުރެއްވި ޓްވީޓެއްގައެވެ.

އާސިފް ވިދާޅުވީ، ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލާން ޝަރީއަތުން ނިންމީ އެންމެ ކުޑަ އަދަބު ދިނުމަށްކަމަށެވެ. އެހެންކަމަށްވާއިރު، އެންމެ ބޮޑު އަދަދުން ޖޫރިމަނާ ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރި ކުރުން ”ސެންސްމޭކް“ ނުކުރާކަމަށް އޭނާގެ ޓްވީޓްގައިވެއެވެ. އޭނާ ވިދާޅުވީ އެއްމިލިއަން ޑޮލަރު އެސްޓަބްލިޝް ނުވާކަން ކަށަވަރުވާކަމަށެވެ.

https://twitter.com/Aattoa/status/1205818448384675841

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާ ކުރީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކޮށް ފަސް ގާޒީންގެ ބެންޗުން ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން ލޯންޑަރ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ގިނަ ނުކުތާތަކެއް ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ ފާހަގަ ކޮށްފައެވެ.

އެގޮތުން ޝަރީޢަތުން ފާހަގަ ކޮށްފައިވާ ގޮތުގައި އެމްއެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމާއި، ރައީސް ޔާމީންގެ އެކައުންޓަށް ޖުމްލަ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ ޗެކަކުން ފައިސާ ޖަމާކޮށްފައިވާކަމަށެވެ.އަދި އެ ފައިސާއިން މަންފާ ހޯދުމަށް އެމްއައިބީގައި އޮންނަ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ކޮށްފައިވާކަން ޝަރީޢަތުން ވަނީ ފާހަގަ ކޮށްފައެވެ.

ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެހެން ފަރާތެއް މެދުވެރިކޮށް ހޯދި ފައިސާކަމާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ދައުވާ ލިބޭ ފަރާތަށް އެނގޭ ކަމާއި، އެ ފައިސާއަކީ ކެމްޕެއިން ފައިސާ ނޫންކަން އަދީބުގެ ހެކިބަހުން އެނގޭ ކަމަށާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އޭސީސީން ދައުވާލިބޭ ފަރާތަށް އަންގާފައިވާކަމާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ވިސްނާލުމުންވެސް އެނގޭ ކަމާއި، ކުށްކޮށްގެން ހޯދާފައިވާ ފައިސާއިން މަންފާ ނަގަމުން ދިޔުމާއި އެ ފައިސާގެ އަސްލު އޮޅުވާލައިފާކަން އެންގެން އޮތް ކަން ވަނީ ފާހަގަ ކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: