އައްޑޫ ސިޓީގައި ގާއިމް ކުރާ ޓާޝަރީ ހޮސްޕިޓަލް ހުޅުވުމަށް ވަމުންދާ އެންމެފަހުގެ ތައްޔާރީތައް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ބައްލަވާލައްވައިފިއެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގައި 17 ވަނަ ސާކް ސަމިޓަށް ބާއްވަން އިމާރަތް ކުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމާ އެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައެވެ. އެ އިމާރާތްް ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އެލިއާ ކޮންސްޓްރަކްޝަނާ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ ނޮވެމްބަރު 2016 ވަނަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައި ދޮޅު އަހަރު ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.
އައްޑޫ ޓާޝަރީ ހޮސްޕިޓަލަކީ ޖުލައި މަސްތެރޭގައި ހޮސްޕިޓަލުގެ މަަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ހެލްތް މިނިސްޓްރީއިން ލަފާކޮށްފައިވާ ތަނެކެވެ.
ހޮސްޕިޓަލްގެ މައިގަނޑު މަސައްކަތްތައް ނިމި، ބޭނުންވާ މެޝިނަރީސް އާއި، ޑިޕާޓްމެންޓުތަކަށް ބޭނުންވާ ސާމާނު އިންސްޓޯލް ކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ. އޭގެ އިތުރުން އެމްއާރުއައި މެޝިން އާއި، އެކި ލެބޯޓްރީ ހިދުމަތަށް ބޭނުންވާ މެޝިންތައް ހޮސްޕިޓަލުގައި ވަނީ ގާއިމްކޮށްފައެވެ.
މިއީ މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމްކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލެވެ. ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަން ތިއޭޓަރަކާއި، އިމަޖެންސީ ތިއޭޓަރެއް ހިމެނެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާއި އެކު ހޮސްޕިޓަލަކުން ލިބޭންޖެހޭނެ ހިދުމަތް ދޭނެ ވަސީލަތްތއް ވެސް އެބަހުއްޓެވެ.
އައްޑޫ ޓާޝަރީ ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަކާއި އިމަޖެންސީ ތިއޭޓަރެއް، އަދި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ، ފިޒިއޮތެރަޕީ ޑިޕާޓްމަންޓު، އަދި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ ޑިޕާޓްމެންޓެއްގެ އިތުރުން ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ހާއްސަ ވޯޑެއް އެބަހުއްޓެވެ.
ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހޮސްޕިޓަލުގައި ކުޑަކުދިންނަށް ހާއްސަ އައިސީޔޫއެއް ހުންނާނެއެވެ. އަދި އައިސޮލޭޝަން ވޯޑުތަކާއި އެކު، މޯޗަރީއެއް ވެސް ހުންނާނެއެވެ. މާލެ ސަރަހައްދުން ނޫނީ ނުލިބޭ، ސްޕީޗް ތެރަޕީ އައްޑޫ ހޮސްޕިޓަލުން ލިބޭނެއެވެ.
ސަތޭކަ އެނދުގެ މި ހޮސްޕިޓަލްގައި ޖުމްލަ ފަސް ތިއޭޓަރު ހުންނައިރު، އެތަނުން އެއް ތިއޭޓަރު ހާއްސަ ކޮށްފައި ވަނީ ސިޒޭރިއަނަށެވެ.
ސަތޭކަ އެނދުގެ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ އައްޑޫ އާ ހޮސްޕިޓަލުން މާދަމާ ހިދުމަތްދޭން ފަށާ އިރު، ފުރަތަމަ ދޭނެ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އޯޕީޑީ، ލެބޯޓަރީ، އެކްސްރޭ އަދި ފިޒިއޮތެރަޕީގެ ހިދުމަތެވެ.


One Response
ތި ތަނެއް ހުޅުވޭވަރު ވާނެބާ