ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ އިންތިހާބު އެއްކުރާ އިސްލާހަށް ބަދަލެއް ނުގެނެސް، ފާސްކޮށް ތަޅުމަށް!

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވާ ގޮތަށް ގާނޫނުއަސާސާސީ އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު، މަޖިލީހުގެ ކޮމިޓީން އެއްވެސް ބަދަލެއް ނުގެނެސް ތަޅުމަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް މީހުން ހޮވުމަށާއި، ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބުތައް ބާއްވަންވާނީ ދެ އިންތިހާބު އެކީގައިކަމަށް ކަނޑައެޅުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމަށެވެ.

އިސްލާހު ސަރުކާރުގެ ފަރާތުން ހުށަހެޅީ ޖެނުއަރީ މަހު ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ފަހު އެވެ. އެއަށް ފަހު ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި އެއް ކޮމިޓީ ބައްދަލުވުން ބާއްވާފައި ވެއެވެ. އެ ދުވަހު ކޮމިޓީން ބައްދަލު ކުރީ ބަންޑާރަ ނައިބުގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނުގެ އޮފީހާއި އެވެ. އެއަށް ފަހު ދެވަނަ ސެޝަންގައި ސިޔާސީ ޕާޓީތަކާއި ބައްދަލު ކުރި އެވެ.

ބިލުގެ މަސައްކަތް ރަނގަޅު ދިރާސާއެއްގެ ތެރެއިން ކުރިޔަށް ގެންދާނެކަމަށް ބުނި ނަމަވެސް، އިސްލާހަށް ކޮމިޓީ މަރުހަލާގައި އެއްވެސް ބަދަލެއް ގެނެސްފައި ނުވެ އެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ސްޕޮންސަރ ކުރެއްވި ބިލުގައި ބުނެފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަސް އަހަރުކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ބިލުގައި ވަނީ މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ 2028، ޑިސެމްބަރު 1 ގައިކަމަށެވެ. އެހެންކަމުން އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާއި އެކު މަޖިލިސް އިންތިހާބު ވެސް ބާއްވަންވާނެކަމަށް ވެއެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވަނީ އިސްލާހަށް ދެކޮޅު ހައްދަވައި، ދައުރުން ބޭރުން މި މަސައްކަތް ކުރިޔަށް ގެންދާތީ އެކަމާ މެދު ސުވާލު އުފައްދާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: