ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ މަގުތަކުގައި މަސްތުވެ ބިއްޖެހިފައިވާ ”ޒޮމްބީ“ ތައް: އެއް މަސް ދުވަސްތެރޭ 89 މައްސަލައެއް ފުލުހަށް!

މާލޭގެ މަގުތަކުގައި މަސްތުވެ ބިއްޖެހިފައިވާ "ޒޮމްބީ" ތައް: އެއް މަސް ދުވަސްތެރޭ 89 މައްސަލައެއް ފުލުހަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ބޭނުންކޮށްގެން ތިބޭ މީހުންނާ ބެހޭ 89 މައްސަލައެއް އެއް މަސް ތެރޭގައި ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފަހަކަށް އައިސް ވެރިރަށް މާލޭގެ މަގުތަކުގައި، މަސްތުގެ ހާލަތުގައި ތިބޭ މީހުންގެ އަދަދު ވަނީ ކުއްލިގޮތަކަށް އިތުރުވެފައެވެ. މަސްތުވެގެން ހުރެ، މާލޭގެ އެކި މަގުތަކުގައި ”ބިއްޖެހިފައި“ ތިބޭ އެތައް ޒުވާނެއްގެ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މަގުތަކުގައި ”ޒޮމްބީއަށް“ ވެފައި ތިބޭ މީހުން އިތުވެފައިވާ ސަބަބެއްގެ ގޮތުގައި ގިނަ މީހުން ދެކެނީ މާލެތެރޭގައި ބާރުގަދަ މަސްތުވާތަކެއްޗެއް ބޭނުން ކުރުމެވެ.

މަސްތުވާތަކެތީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ނުލިބި، މަސްތުވާތަކެތި ބޭނުންކޮށް މާލޭގެ މަގުތަކާއި ކެފޭތަކުގައި ތިބޭ މީހުން އިތުރުވެފައިވުން ވަނީ ކަންބޮޑުވުމަކަށް ވެފައެވެ. އެގޮތުން މާލޭގައި ފޭރުމާއި ވައްކަން އިތުރުވަމުން އަންނަކަން ވެސް ފާހަގަ ކުރެވެއެވެ.

https://twitter.com/thyyms/status/1203371583173091328?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1203546012134117381&ref_url=https%3A%2F%2Fmihaaru.com%2Fnews%2F65934

މަގުމަތީގައި މިގޮތަށް ތިބޭ މީހުން ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ ފުލުހުންގެ މުވައްސަސާއަށް ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ހިނގައިބިނގާވެ ނޫޅޭވި، ”ގުދުވެފައި“ ނުވަތަ މަގުމައްޗަށް ”ވެއްޓިފައި“ ތިބޭ މީހުންގެ މައްސަލަ ފުލުހުން ނުބަލާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައެވެ. އެހެން ނަމަވެސް، ފިޔަވަޅެއް ނޭޅި ލަސްވުމުގެ ސަބަބުން ރާއްޖޭގައި ބާރުގަދަ މަސްތުވާތަކެތި ބޭނުންކުރާ މީހުން ވެސް އިތުރެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ބުނެފައިވަނީ، މަސްތުވެގެން މަގުތަކުގައި ތިބޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް އާއްމު އުސޫލުގެ ދަށުން ގެންދާ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކޮށް ނިމުމަށްފަހު ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަމުންދާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރާ މީހުން ގިނަ ފަހަރަށް ބަންދުގެ މުއްދަތު ޖެހުމުގެ މަރުހަލާގެ ތެރެއިން ދޫވެއެވެ. ގިނަ ފަހަރަށް އެއީ ޖިނާއީ އިޖުރާތުގެ ގާނޫނާއި ހިލާފުވުން ނުވަތަ އެ މީހާއަށް ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލަނީއެވެ.

https://twitter.com/DhekunuNizar/status/1203546012134117381?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1203546012134117381&ref_url=https%3A%2F%2Fmihaaru.com%2Fnews%2F65934

މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ ބޮޑު މައްސަލައެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ބޮޑެވެ. އަމިއްލަ ހާލާއިގެން ނޫޅެވޭ ޒުވާނުންގެ ވީޑިއޯތަކުން ހަގީގީ މަންޒަރު ސާފެވެ. އެކަމާ ބަޔަކު ކަންބޮޑުވެގެން އުޅޭ ހެނެއް ހިއެއް ނުވެ އެވެ.

މަސްތުވާތެކެތި ބޭނުންކޮށްގެން މަގުތަކުގައި އިތުރުވަމުން އަންނަ އާއްމުންނާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ މިިދިޔަ މަހު ތިނަކުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމަޔަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މަސްތުގެ ހާލުގައި ތިބޭ މީހުންގެ 89 މައްސަލައެއް ފުލުހުންގެ އިދާރާއަށް ލިބިފައިވާކަމަށެވެ.

ފުލުހުންގެ އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު މަސްތުވާތަކެއްޗާ ގުޅޭ 165 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކަށް ވުރެ އިތުރު އަދަދެކެވެ. އޭގެ އިތުރުން މި މަސް ތެރޭގައި މިހާތަނަށް މަސްތުވާތަކެއްޗާ ގުޅޭ 99 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

ފުލުހުން ގެންދަނީ މާލެ އާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މަސްތުވާތަކެއްޗާ ބެހޭ ބޮޑެތި އޮޕަރޭޝަންތައް ހިންގައި މަސްތުވާތަކެއްޗާއެކު އެތަކެތި ބޭނުން ކުރާ މީހުން ހައްޔަރު ކުރަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: