ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުން ފޯމު ހުށަހަޅަންޖެހޭނީ 100 މެމްބަރުންގެ މެމްބާޝިޕް ފޯމާއި އެކު ކަމަށް އެ ޕާޓީން ބުނެފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ބަދަލުގައި ރާއްޖޭގައި ދެވަނައަށް އުފެދުނު ސިޔާސީ ޕާޓީއާއި ހަވާލުވެވަޑައިގެންފައެވެ. ޖާބިރު ޑީއާރުޕީއާއި ހާވާލުވެވަޑައިގެން ޕާޓީއަށް މެމްބަރުން ހަމަ ކުރުމަށް ގިނަ މަސައްކަތްތައް ކުރެއްވިއެވެ. ޖާބިރު އިސްކޮށް ހުންނަވާ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ”ޑީއާރުޕީ މުޅި ރާއްޖެއަށް“ ގެ ނަމުގައި ހައްސަ ކެމްޕެއިންއެއް ވެސް ކުރިޔަށް ގެންދެއެވެ.
އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ސިޔާސީ ޕާޓީތަކުން ވަނީ ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. 2020 ވަނަ އަހަރުގެ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ޑީއާރުޕީން ބުނެފައިވަނީ، އިންތިހާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެހެން ނަމަވެސް، ފޯމު ބަލައިގަތުމާއި ގުޅޭގޮތުން ޝަރުތެއް ކަނޑައަޅާފައިވާކަން ފާހަަކޮށް ޑީއާރުޕީން ބުނެފައިވަނީ ޑީއާރުޕީގެ ޓިކެޓު ދެވޭނީ އެންމެ މަދުވެގެން ޕާޓީއަށް އަލަށް 100 މެމްބަރުން ވައްދާ އެ ފޯމުތައް ވެސް ހުށަހެޅުމުން ކަމަށެވެ. އަދި އެހާ ހިސާބުން ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބަށް ”ޝަރުތު“ ހަމަވީކަމަށް ޑީއާރުޕީން ވަނީ ބުނެފައެވެ.
https://twitter.com/drpmaldives/status/1205449316787048448?ref_src=twsrc%5Etfw%7Ctwcamp%5Etweetembed&ref_url=https%3A%2F%2Fraajje.mv%2F67729
ޑީއާރުޕީގެ ކުރިމަގާއި ގުޅޭގޮތުން ޖާބިރު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ޑީއާރުޕީއަކީ ޒިންމާދާރު ކަމާއި އެކު ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއަކަށް ހެދުން ކަމަށެވެ. ޖާބިރު ވިދާޅުވީ އުންމީދަކީ ޕާޓީއަށް އަތޮޅު ތެރެއިންވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔުންކަމަށެވެ.
ޕާޓީގެ ސިޔާސަތަކީ ސަރުކާރު ބުނާ ކޮންމެ ބަހަކަށް އާނބަސް ބުނުން ނޫންކަން ވެސް ޖާބިރު ފާހަގަކުރެއްވި. އެގޮތުން ގޯހުން ކަމެއް ހިނގާނަމަ އެކަމެއް ހުއްޓުވަންޖެހޭކަމަށް ވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.
ކައުންސިލު އިންތިހާބު އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު އެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކާއި އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރެވިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފި އެވެ. އޭގެ ތެރޭގައި އަންހެން ކައުންސިލަރުންނަށް 384 ޖާގަ ވަނީ ހާއްސަކޮށްފަ އެވެ.

