ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލާނާ އެވޯޑު: ތިން ދާއިރާއަކުން 22 އެވޯޑް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއޭސީއެލްގެ މިފަހަރުގެ ”ވެލާނާ އެވޯޑްސް“ގައި 3 ދާއިރާއަކުން 22 އެވޯޑެއް ދޭން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނެފައި ވަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން ”ވެލާނާ އެވޯޑްސް“ ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

މި އެވޯޑަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް ވީއައިއޭގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަަކޮށް އެކަމުގެ އަޒުވަޒަން ކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައަޅާފައިވާ އެވޯޑެކެވެ.

މިއަހަރުގެ އެވޯޑުގައި 3 ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ނިންމާފައެވެ. އެވޯޑް ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓެގަރީތަކުގެ ތެރޭގައި ހިމެނެނީ ފަސެންޖާ އެވޯޑްސް، ކާގީ އެވޯޑްސް އަދި ލައުންޖު އެވޯޑްސްއެވެ. މީގެއިތުރުން އަހަރުގެ އެއާލައިން ފާހަގަކޮށް ހާއްސަ އެވޯޑެއްވެސް ދޭން ވަނީ ނިންމާފައެވެ.

މި އަހަރުގެ އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: