ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭހަށް ނުޖެހޭނެ، ވަރަށް އަވަހަށް މައްސަލަ ހައްލުވާނެ: އެސްޓީއޯ

ޝެއާރކޮށްލާ ކަހަލަދޯ؟

\

ރާއްޖޭގައި ކައްކާ ގޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލެއް ލިބި، ގޭހަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ދީފިއެވެ.

އެސްޓީއޯއިން މިހެން ބުނެފައި މިވަނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ގޭސްއިން ވިއްކާ ގޭސް ލިބުމުގައި ދަތިތަކެއް ހުރިކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެއަށް ގޭސް އެތެރެކޮށް ވިއްކާ މައިގަނޑު ދެ ކުންފުނި ކަމަށްވާ މޯލްޑިވްސް ގޭހާއި ވިލާ ގޭހުން ބާޒާރަށް ގޭސް ދޫކުރުމުގައި ދަތިތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެސްޓީއޯއިން ބުނީ ރާއްޖޭގައި ކައްކާ ގޭހަށް ނުޖެހޭ މިންވަރަށް ސްޓޮކް ހުރި ކަމަށެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލައަކީ ދުނިޔޭގެ ބާޒާރުގައާއި ސަރަހައްދީ ބާޒާރުގައި ސަޕްލައިއަށް އައިސްފައިވާ ލޮޅުންތަކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ސަޕްލައިއަށް އައި ބަދަލާ ގުޅިގެން މޯލްޑިވްސް ގޭހުން މިހާރު 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސް ފުޅިއެވެ. މި ފުޅިތައް ވިއްކަމުންދަނީ ޑިސްކައުންޓް ރޭޓެއްގައި ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެސްޓީއޯއިން ބުނީ ގޮތުގައި، އަންނަ ހަފްތާގެ ތެރޭގައި މި މައްސަލަ އެއްކޮށް ހައްލުވެ، ކުރިއެކޭ އެއްފަދައިން 10 ކިލޯގެ ގޭސް ފުޅި ބާޒާރުން ލިބެން ހުންނާނެއެވެ. އަދި ގޭސް ހުސްވެގެން އުޅޭކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ.

ކުރިއަށް އޮތް ރަމަޟާން މަހަކީ އާންމުކޮށް ގޭހުގެ ޑިމާންޑް ބޮޑުވާ މަހަކަށް ވާތީ، އެ މަހަށް ތައްޔާރުވުމުގެ ގޮތުން މެދުނުކެނޑި ގޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ހާއްސަ މަސައްކަތްތަކެއް ކުރާ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އެހެންކަމުން ރަމަޟާން މަހު ގޭހުގެ ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: