ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2018އިގެ ރިޔާސީ އިންތިޚާބު ކާމިޔާބުވީ އިންޑިއާއިން ”އަތް ބޭނި“ ވަރުން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން އެހީ ނުވި ނަމަ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް 2018އިގެ ރިޔާސީ އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށް  މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

އިންޑިއާގެ މީޑިއާއަކާއި ވާހަކަދައްކަވަމުން، އެއްވެސް މީހަކު 2018އިގެ ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ވެދާނެ ކަމަށް ހީނުކުރާ ކަމަށާ، އެކަން ޤަބޫލުކުރީ އިންޑިއާއިން އެކަނިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ އިންތިޚާބު ކާމިޔާބުކޮށްދިނުމަށް އިންޑިއާ ސަރުކާރާއި އިންޑިއާގެ އޮފިޝަލުން މަސައްކަތް ކުރެއްވިކަމަށެވެ.

އިންޑިއާގެ އޮފިޝަލުންނަށް ނިސްބަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އޮފިޝަލުން މަސައްކަތްކުރެއްވީ ވަރަށް ހިކުމަތްތެރިކޮށްކަމަށާ، ވެރިކަން ހޯދަން ކުޑަފުރުސަތެއް ހޯދާ ދެވިދާނެ ކަން އެ އޮފިޝަލުންނަށް އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ

https://twitter.com/MoImSh/status/1205832097111240705

އެ މީހުންގެ ކިބައިން އެދުނުކަންކަން ކޮށްދީފައި ނުވި ނަމަވެސް، އެހެން ގޮތްގޮތުން އިންޑިއާގެ އެހީތެރިކަން ލިބުނުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އިންޑިއާގެ އޮފިޝަލުންނަށް ނިސްބަތްކުރައްވައެވެ.

އެހެންނަމަވެސް ވެރިކަން ހޯދަން އެހީވާން އިންޑިއާއިން ކުރީ ކޮންކަމެއް އެމަނިކުފާނު ސާފުކޮށެއް ނުދެއްވައެވެ.

https://twitter.com/MoImSh/status/1205832186500276224

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: