ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ރައްޔިތުންނަކީ އަބަދު ސިޔާސީ ގޮތުން ގުރުބާން ކުރަން ތިބި ބައެއް ނޫން: ނިޒާރު

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ވެރިކަމަށް ގެންނަން އެކަމުގެ އެންމެ ބޮޑު އަގެއް ދެއްކި ބަޔަކީ އައްޑޫސިޓީ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

2012ވަނަ އަހަރު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވުމަށް ފަހު ހިނގައިދިޔަ ހާދިސާތަކުގެ އެންމެ ބޮޑު އަގެއް ދެއްކި ބަޔަކީ އައްޑޫ ސިޓީ ރައްޔިތުންކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން އައްޑޫ ސިޓީގައި ހުރި ދައުލަތުގެ ގިނަ މުދަލާއި އިމާރާތަށް އޭރު ގެއްލުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދައުލަތުގެ އިމާރާތްތަކުގައި ރޯކުރުމުގެ ތުހުމަތުގައި އެތައް ބަޔަކަށް މިއަދުވެސް ޝަރީއަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ވެސް އައްޑޫގެ ރައްޔިތުންގެ ހިއްސާއާއި ގުރުބާނީ ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ސިޔާސީ ގޮތުން ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި ވެސް އައްޑޫ ގިނަ ރައްޔިތުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އައްޑޫގެ ރައްޔިތުންނަކީ އެންމެ ފުރަތަމަ އެމްޑީޕީއިން މުޒާހަރާކުރަން ފެށީއްސުރެ ކެރިގެން ނުކުތްބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ވެސް އައްޑޫ އޮތީ މަޑު ޖެހިފައިކަމަށާ، އެމްޑީޕީގެ ފަލްސަފާގައި އައްޑޫ ކުރިއަރުވާނެ ކަމަށް އެމްޑީޕީއިން ބުނުމުން އެކަން އައްޑޫގެ ރައްޔިތުން ބަލައިގަތީ އުންމީދާއި އެކު ކަމަށް އޭނާ ވިދާޅުވިއެވެ.

“ ކޮންމެހެން އަޅުގަނޑުމެން ބޮޑުވެގެން މާ ޚާއްސަ ކަންތައްތަކެއް ހޯދާކަށް ނޫން މިއުޅެނީ. އެހެންނަމަވެސް އައްޑޫގެ ރައްޔިތުންނަކީ މި ސަިޔާސީ ކަންކަމުގަ އެންމެ ބޮޑު އަގެއް ދެކި އެއްބައެއް. އައްޑޫ މީހުންނަކީ ހަމައެކަނި ސިޔާސީ ގޮތުން ގުރުބާން ކުރަން ތިބި ބަޔަކަށް ވެގެން ނުވާނެ. އަޅުގަޑުމެންގެ ހިއްސާ އެއަށް ވުރެ ބޮޑު. އަޅުގަނޑުމެންގެ ހިއްސާ ތަރައްގީގައިވެސްވޭ. އެކަންކަން އަޅުގަނޑުމެންނަށް ކޮށްދެއްވާށޭ މިދަންނަވަނީ. އައްޑޫގެ ރައްޔިތުންނަށް ހައްގު މިންވަރު ލިބެން ޖެހޭ.“

އައްޑޫ އަކީ ރާއްޖެއަށް ބަލާލާއިރު މަލަމަތި އެންމެ ނިކަމެތިކޮށް އޮތްތަންކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ތަންތަން ކުރިއަރައިގެން އައި އިރު އައްޑޫ އޮތީ ހުއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫ އަކީ އިގްތިސާދީ ގޮތުން، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުވިދާނެ ތަނެއް ކަމަށާ އެކަމަށް ބޭނުންވަނީ ކުރިއަރުވާނެ ފިކުރާއި ޚިޔާލްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

”ވެރިކަމުގައި އޮތީ އެމްޑީޕީ. އައްޑޫގެ 7 މެމްބަރުން އެމްޑީޕީ. ކައުންސިލް އެމްޑީޕީ. ކޮންކަމެއްތޯ މަދީ. އެއް އަހަރުވީ، ކަންކަން ރަނގަޅަށް ނުކުރެވޭ. އެކަންކަން ނުވާނަމަ އެވާހަކަ ދައްކަން ޖެހޭ. ޕްރެޝަރ ކުރެވެން ޖެހޭ. މިހާރަކު އެކަމެއް ނުކުރެވޭ. އަޅުގަނޑުގެ ބަސްމަގު މަޤާމަށް ހޮވުނަސް ހުންނާނީ މިހެން. ނުވާނަމަ ނުވާ ވާހަކަ އަޅުގަނޑު ދައްކާކަން. އާދޭސްވެސް ކުރާނަން. ޖަވާބުދާރީ ކުރުވާނަން. ޒިންމާދާރު ކުރުވާނަން. އެއީކީ ކޮންމެހެން އަޅުގަނޑު ބަޔަކާ ދެކޮޅުވެގެން ޖެހިގަންނާކަށް ނޫން އެއީކީ. ސަރުކާރާއި ދެކޮޅުވާކަށް ނޫން. ސަރުކާރާއި ގުޅިގެން ކަންކަން ކުރެވޭނީ. އެކަމަކު ނުވާނަމަ ނުވާ ވާހަކަ ދެކެވެން ޖެހޭނެ. ”

ނިޒާރު ވަނީ އައްޑޫ ސިޓީ ކައުންސިލަށް އަންނަ ދައުރަށް ކުރިމަތިލައްވަން ނިންމަވާފައެވެ. އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ފަރާތްތަކުން ވަނީ އެނާ މޭޔަރ ކަމަށް ގެންނަންވެސް ތާއީދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: