ޕީއެންސީ މީހުންނަކީ ތަނެއް ދޮރެެއް ނުދަންނަ ބައެއް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަމްހީދު ވިދާޅުވީ ގާނޫނުއަސާސީގެ މައިގަނޑު ސިފައަކީ ތިންބާރު ވަކިވެފައި އޮތުން ކަމަށެވެ. އަދި މި ގާނޫނު އަސާސީ އުފަންވެފައިވަނީ 2008 ވަނަ އަހަރުގައި ކަމަށާއި، އޭރުގައި އެ ގާނޫނުއަސާސީ އުފަންކުރި އެއްވެސް މީހަކު މިއަދު މި މަޖިލީހުގެ އަނެއް ފަޅީގައި ނެތްކަން ވެސް ޝަމްހީދު ވަނީ ފާހަގަކުރައްވާފައެވެ.
2008 ވަނަ އަހަރުގައި ރައްޔިތުންނަށް ކަށަވަރުވީ ހަމައެކަނި ވޯޓުދިނުމުގެ ހައްުގުކަމަށާއި، މިއަދު ރުފިޔާ ވެސް، އަދި އެހެން އެއްޗެއް ވެސް ލިބެނީ މި ހައްގު އޮންނާތީކަމަށް ޝަމްހީދު ވަނީ ބުނެފައެވެ.
މި އިސްލާހުގެ ބޭނުމަކީ މި ހައްގު ދެބައިކުޅައެއްބައި ކުޑަކޮށްލުންކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުން އެމަިކުފާނު އައްޔަން ކުރައްވާފައި ވަނީ 5 އަހަރަށް ކަމަށާއި މިއީ ދައުރެއްގެ ތެރޭގައި އެ ދައުރުން ބައެއް އުންޏެއް ނުކުރެވޭނެ ކަމަށް އަދި އެއީ ގާނޫނު ދަންނަ ކަމެއް ނޫންކަމަށް ވެސް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުން އެމަނިކުފާނު އައްޔަން ކުރައްވާފައި ވަނީ 5 އަހަރަށް ކަމަށާއި މިއީ ދައުރެއްގެ ތެރޭގައި އެ ދައުރުން ބައެއް އުންޏެއް ނުކުރެވޭނެ ކަމަށް އަދި އެއީ ގާނޫނު ދަންނަ ކަމެއް ނޫން
އަދި ދެއިންތިހާބު އެއްކުރާކަމަށް ވަންޏާ އެކަން ކުރެވޭނީ އިންތިގާލީ މަރުހަލާއެއްގެ ތެރެއިން ކަމަށާއި މިއީ ރިޔާސީ ދައުރު ދިގުކުރުމަށް ކުރެވިގެންދާ ކަމެއް ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަަދ މިއަދާއި 2028 ވަނަ އަހަރާއި ދޭތެރޭގައި ވަރަށް 10 އިންތިހާބު ވެސް ބޭއްވިދާނެ ކަމަށާއި މި ކަން މިހެން ކުރަން ވެއްޖެނަމަ ވެގެން ދާނީ ބޮޑު ޖޯކަކަށް ކަން ވެސް ޝަމްހީދު ފާހަގަކުރެއްވިއެވެ.
މިއީ ވަރަށް ހީލަތްތެރި އިސްލާހެއް ކަމަށާއި ރައްޔިތުން މިކަމަށް ބޮޑުތަނުން ނޫނެކޭ ބުނަންޖެހޭ ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި ޕީއެންސީ މީހުންނަކީ ތަނެއް ދޮރެެއް ނުދަންނަ ބައެއްކަމަށް ވެސް ޝަމްހީދު ވިދާޅުވިއެވެ.

