ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ރިލޯޑްކޮށްގެން ކޮންމެ ދުވަހަކު އަގުހުރި އިނާމުތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟
ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގުން އަމާޒުކޮށްގެން ކުރާ ކޮންމެ ރީލޯޑަކާއެކު ހިލޭ ޑޭޓާ އާއި އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ތަޢާރަފްކޮށްފިއެވެ.

މި ޕްރޮމޯޝަނުގެ ދަށުން، ކޮންމެ ރީލޯޑަކަށް 20 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ދިރާގުއެޕް މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ދުވަހަކު ނަގާ ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް 1 ޓީބީގެ ޑޭޓާ، ނުވަތަ 10 ޑޮލަރުގެ ސްޕޮޓިފައި ގިފްޓް ކާޑެއް ނުވަތަ 25 ޑޮލަރުގެ އެމެޒޯން ގިފްޓް ކާޑެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ގޮތުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ 1 ޓީބީ ޑޭޓާ 28 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރިލޯޑް ކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބޯނަސް ޑޭޓާ އެކްޓިވޭޓް ކުރުމަށް ބޭނުންވާ އެސްއެމްއެސް ލިބުމުގެ އިތުރުން، މެސެޖު ލިބޭތާ 3 ދުވަހުގެ ތެރޭގައި ބޯނަސް ޑޭޓާ ކްލެއިމް ކުރެވޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

މީގެ އިތުރުން ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިންނަށް ލިބޭ ގިފްޓް ކާޑުތައް 3 މަސް ދުވަހުގެ ތެރޭގައި ރިޑީމްކޮށް ބޭނުންކުރެވޭނެ އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

 މި ޕްރޮމޯޝަނަކީ ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން،  ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އިތުރު ލުއިފަސޭހަތަކާއި ފައިދާތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: