ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ކައުންސިލަރުންނަށް: ކުރިން ތަރައްޤީގެ ވާހަކަ އައްސަވަނީ ތިބޭފުޅުން، ދެން އަހާނީ އަޅުގަނޑު!

ވިޔަވެތި ރާއްޖެ ކޮންފަރެންސްގައި ރައީސް ވާހަކަދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލަރުންނާއި ބައްދަލުވާއިރު ރަށްރަށުގައި ހިނގާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުގޮސްގެން ސުވާލުކުރައްވާ ކަމަށާއި ނަމަވެސް ދެން އެ ސުވާލު ކުރައްވާނީ އެމަނިކުފާނު ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކައުންސިލަރުންނާއެކު މިއަދު ފެށި ”ވިޔަވެތި ރާއްޖެ“ ކޮންފަރަންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ އެންމެ މުހިންމު އެއް ވައުދުތަކުގެ ތެރޭގައި، ރާއްޖެ ތަރައްޤީކުރެވޭނީ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ބުނި ބުނުން ކަމަށެވެ.

ގައުމު ތަރައްޤީކުރެވޭނީ ލާމަރުކަޒީ އުސޫލުންކަމަށް އަބަދުވެސް ވިދާޅުވާ ކަމަށާއި މިއަދު އެ ވައުދު ފުއްދިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ޤާނޫނު ތަސްދީގު ކުރުމާއެކު އެ މަސައްކަތުގެ ބިންގާ އެޅިއްޖެ ކަމަށާއި ފުރިހަމަ މާނާގައި ދިވެހި ރާއްޖެ ލާމަރުކަޒީ ކުރުމުގެ މަސައްކަތް ފެށިގެން ހިންގައްޖެ ކަން ފާހަގަކުރެއްވިއެވެ.

”އަޅުގަނޑު ވަރަށް އުފާވެއްޖެ މިއަދު. އަޅުގަނޑުމެން ވެރިކަމަށް އައުމަށް ރައްޔިތުން ކައިރީ ވި އެންމެ ބޮޑު ވައުދަކީ މި ރައްޖެ ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި ތަރައްޤީކޮށްދޭނަމޭ ބުނި ބުނުން. މި ރާއްޖޭގެ ރައްޔިތުންނަށް ހިންހަމަ ޖެހިލައިގެން އުފާވެރިކަމާއި އެކު އުޅެވޭނީ އަޅުގަނޑުމެންގެ ރަށްތައް ތަރައްޤީކުރެވިގެން ކަމަށް ދެއްކި ވާހަކަ. މި ތަރައްޤީ ގެނެވޭނީ މި ރާއްޖޭގެ ހިންގުން ލާމަރުކަޒީ ކުރެވިގެން ކަމަށް އަޅުގަނޑުމެން ބުނަމުން ދިޔައީ. މިއީ އަޅުގަނމެން ވި އެންމެ މުހިންމު ވައުދު“ ރައީސް

ލާމަރުކަޒީ ޤާނޫނަށް އަމަލުކުރަންފެށުމާއެކު ރައްޔިތުންގެ ފައިސާގެ ބޮޑުބައެއް ކައުންސިލާއި ހަވާލުކުރެވޭ ކަމަށާއި އޭގެ އިތުރުން ރައްޔިތުންގެ ތަރައްޤީއަށް ކުރެވޭ ވަރަށް ގިނަ މަސައްކަތްތަށް ކައުންސިލްތަކާއި ހަވާލުކުރެވޭ ކަމަށެވެ. ރައްޔިތުންގެ މައްޗަށް ގޮތް ނިންމުމުގެ ވަރަށް ބޮޑު ބާރެއް ކައުންސިލަރުންނަށް އެބަދެވޭ ކަމަށް ވިދާޅުވިއެވެ.

މި ޤާނޫނު ތަންފީޒު ކުރުމުގައި ކައުންސިލަރުންގެ ދައުރަކަށް ވާންވާނީ އެއްވެސް ރައްޔިތަކުގެ ތަފާތުނުކޮށް، ބާކީ ނުކޮށް އިންސާފުވެރިކަމާއެކު ކަންކަން ނިންމުން ކަމަށެވެ. ރައްޔިތުންގެ ފައިސާ ހެޔޮގޮތުގައި ބޭނުންކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

”މީގެ ކުރިން ތިބޭފުޅުން އަޅުގަނޑާއި ބައްދަލުވާހިނދު ވަރަށް ގިނަ ސުވާލުތަކެއް ކުރައްވާ. ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ނުކުރެވި އެކަމުގެ ޝަކުވާ ކުރައްވާ. އެހެން ނަމަވެސް މި ޤާނޫނަށް އަމަލުކުރަން ފެށުމާއެކު އެ ސުވާލުތަށް ދެން އަޅުގަނޑު ކުރާނީ ތިބޭފުޅުންނާ. ކީއްވެގެންތޯ ރަށުގެ އެވެނި ކަމެއް މިވެނި ކަމެއް ނުކުރެވިއޮތީ. އަޅުގަނޑު ފައިސާ އެބަދޫކޮށްލަން، އިހުތިޔާރާއި ބާރު ދޫކޮށްލަން އެހެންވީމާ އަޅުގަނޑާއި ބައްދަލުވާ ކޮންމެ ފަހަރުަކު ތީގެން ކޮންމެ ބޭފުލަކާއި އަލުގަނޑު ސުިވާލުކުރާނަން ކީއްވެގެންތޯ މިވެނިކަމެއް ނުވަނީ“ ރައީސް

މީގެކުރިންވެސް ރާއްޖެ ލާމަރުކަޒީ ކުރެވިފައިވާ ކަމަށް ބުނެވިދާނެ ކަމަށާއި އެހެން ވިދާޅުވާއިރު އޭރު އޮތީ ކައުންސިލްތަކުގެ އަތް ފައި ބަނދެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދު ތަސްދީޤު ކުރެވިގެންދިޔަ ޤާނުނަކީ ވަރަށް ގިނަ މަޝްވަރާތަކަކާއި ދިރަސާތަކާއި ތަޖުރިބާ ތަކަކަށްފަހު އެކުލަވާލި ޤާނޫނެއް ކަމަށެވެ. މިއީ މިރާއްޖޭގެ މުސްތަޤުބަލަށްޓަކައި ކުރެވުނު ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވިއެވެ. މިކަމުުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ހޯދައިދިނުމުގެ މަސްއޫލިއްޔތު އެޅިފައިވަނީ ކައުންސިލަރުންނަށް ކަމަށް ވިދާޅުވިއެވެ.

”ލާމަރުކަޒީ ނިޒާމަށް މި ގެނެވުނީ ވަރަށް މުހިންމު ބަދަލުތަކެއް. އޭގެތެރެއިންވެސް އެންމެ މުހިންމު އެއް ބަދަލަކީ މާލީ ގޮތުން ކައުންސިލްތަށް ބާރުވެރިކުރުން. ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް އެބަދެވޭ. ރަށަށް އަތޮޅަށް ސިޓީއަށް ލިބޭ އާމްދަނީގެ ވަކި އިންސައްތަައެއް ކައުންސިލްތަކަށް އެބަ ދޫކުރެވޭ. ދެން ފާހަގަކޮށްލެވޭ އަނެއް ކަމަަކީ އަންހެން ބޭފުޅުންނަށް މިހާރަށް ވުރެ އިތުރު ފުރުސަތުތަށް ހޯދައިދިނުން. ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި ވަނީ އަންހެން ބޭފުޅުންނަށް ހިއްސާކުރެވިފަ. އަޅުގަނޑު ހިތުން މިއީ މިޤާނޫނަށް ގެނެވުނު އެންމެ މުހިންމު އެއް ބަދަލު. ފަސް މެންބަރުންގެ ކައުންސިލަކުން 2 ގޮނޑި މި ހިއްސާކުރެވެނީ އަހެންނުނަށް. 7 މެންބަރުންގެ ކައުންސިލަކުން ނަމަ 3 ގޮނޑި އަހެންބޭފުޅުންނަށް ރިޒާވްކުރެވޭ. އޭގެ އިތުރުން ކޮންމެ ރަށެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައި ފަސް އަންހެނުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެބަ އިންތިހާބު ކުރެވޭ. މީގެ ނަތީޖާއަކީ މީހުން ދިރިއުޅޭ 179 ރަށާއި 3 ސިޓީގައި 384 އަންހެން ބޭފުޅުން ކައުންސިލްތަކަށް އިންތިހާބު ކުރެވިގެން ދިއުން. އަދި އަންހެނުންގެ ކޮމިޓީތަކަށް 929 އަހެން ބޭފުޅަކު އިންތިހާބު ކުރެވުން. މިއަދަދުތަކަށް ބަލާއިރު ދެން ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކާއި ގުޅިގެން ޖުމްލަ 1313 އަންހެން ބޭފުޅުން އިންތިހާބީ މަޤާމުތަކުގައި ތިއްބަވާނެ. މިއީ ފިރިހެން ބޭފުޅުންނަށްވުރެ އިތުރު އަދަދެއް. އިންތިހާބު ކުރާ އަދަދު“ ރައީސް

އިތުރަށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ލައްޒަތާ ޖާހަތު މަތިކުރުމަށް، ބާރުތައް މުށުތެރޭގައި ބޭއްވުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.

ބާރުތައް  މުށުތެރެއަށް ލުމަކީ ވެރިކަން ކުރުމަށް ވަރަށް ފަސޭހަގޮތަކަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް އެއީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ނޫން ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: