ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާއަށް ނުވަދެވޭ ގޮތް ހަދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ މަންސަތަކަށް ނުވަދެވޭ ގޮތް ހެދުމަށާއި، އެއްވެސް އުމުރެއްގެ ދަރިވަރަކަށް ސްކޫލަށް ފޯނު ނުވެއްދޭނޭހެން ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މި ޕެޓިޝަން މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިލެކްޓްރޯނިކް ޕެޓިޝަން ސިސްޓަމް (އީ-ޕެޓިޝަން ޕޯޓަލް) މެދުވެރިކޮށެވެ.

މި ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަހަކަށް އައިސް ދިވެހި ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާ ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އެކުދިން ސޯޝަލް މީޑިއާގައި ކުރާ ކަންކަން ބެލުމަށް ގިނަ ފަހަރު ބެލެނިވެރިންނަށް ވަގުތު ނުވާކަމަށާއި، ޔޫޓިއުބް، ޓިކްޓޮކް ފަދަ މަންސަތަކުން ކުޑަކުދިންނަށް ނޭދެވޭ ފާހިޝް އަމަލުތަކާއި ބަސްތައް ދަސްވަމުންދާ ކަމުގެ ކަންބޮޑުވުން ޕެޓިޝަންގައި ފާޅުކޮށްފައިވެއެވެ.

ޕެޓިޝަންގައި ބަޔާންކޮށްފައިވާ ގޮތުގައި ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންގެ އަޚުލާގަށާއި ތޮބީޢަތަށް ނޭދެވޭ ބަދަލުތަކެއް އަންނަމުންދެއެވެ. އެހެންކަމުން، ފޭސްބުކް، އެކްސް (ޓްވިޓާ)، ޔޫޓިއުބް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގެ އިތުރުން، ކާކުކަން ނޭނގޭ ގޮތަށް ޕޯސްޓް ކުރެވޭ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުދިންނަށް ނުވަދެވޭނޭހެން ޤާނޫނުތަކާއި ޤަވައިދުތައް އިސްލާހު ކުރުމަށް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ޤާނޫނީ ގޮތުން މިކަން މަނާކުރުމަށްފަހުވެސް ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރާނަމަ، އެ ކުދިންނަށާއި ބެލެނިވެރިންނަށް ކައުންސެލިން ދިނުމަށާއި، ތަކުރާރުވާނަމަ އެ މައްސަލަތައް ޖެންޑާ މިނިސްޓްރީން ބެލޭނެ ފަދަ ބާރުތަކެއް ދިނުމަށް ޕެޓިޝަންގައި ހުށަހަޅާފައިވެއެވެ. އަދި ސްކޫލްތަކާއި ކޮލެޖުތަކަށް މޯބައިލް ފޯނު ނުވެއްދޭނޭހެން ޤަވައިދެއް ހަދައި، އެއަށް އަމަލުކުރަން ފެށުމަށްވެސް ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާގޮތުން، ހުށަހަޅާ ޕެޓިޝަނެއް ރަސްމީކޮށް ބަލައިގަނެވޭނީ މަދުވެގެން 500 މީހުންގެ ސޮއި އޮވެގެންނެވެ. ނުވަތަ މަޖިލީހުގެ މެންބަރަކު އެ ޕެޓިޝަނެއް ސްޕޮންސާ ކުރަން ޖެހެއެވެ. އިއްޔެ ހުށަހެޅި މި ޕެޓިޝަންގައި މިހާތަނަށް 16 މީހަކު ސޮއިކޮށްފައިވާއިރު، 500 ސޮއި ހަމަކުރުމަށް 6 ހަފްތާގެ މުއްދަތެއް ލިބޭނެއެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 24%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: