ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5 ކިލޯގެ ޑްރަގް އެތެރެކުރި ޕާކިސްތާނު މީހަކު އުމުރަށް ޖަލަށް

ޝެއާރކޮށްލާ ކަހަލަދޯ؟

މީގެ ދެ އަހަރު ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސް ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ޕާކިސްތާނު މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 12 މާޗު 2022 ގައި ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ އަބްދުއްލަތީފް ބަލޮޗް ގަތަރު އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އައިއިރު، އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ހިންގި އޮޕަރޭޝަނެކެވެ. ކަސްޓަމްސް އޮފިސަރުން އޭނާގެ ހާޒިރުގައި ލަގެޖު ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި އޮތް ކަޅު ދަބަހަކުން ފަސް ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެއަށް ޓްރެފިކް ކުރުމުގެ ދައުވާއެވެ. ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވަނީ، މަސްތުވާތަކެތި ފެނުނު ދަބަސް ލަގެޖު ބެލްޓަށް ދޫކޮށްލާފައި އޮތް ނަމަވެސް، އެ ދަބަހުގައި އޮތް ޓެގުގައި ބަލޮޗްގެ ނަން އޮތް ކަމަށެވެ. އަދި އެއީ އޭނާ ޗެކިން ކުރި ދަބަހެއްކަން ހެކިތަކުން ސާބިތުވާތީ، އެ ދަބަހުން ފެނުނު ތަކެއްޗަށް އޭނާ ޒިންމާވާން ޖެހޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް، މިހާތަނަށް ބަންދުގައި އެއް އަހަރާއި 11 މަހާއި 10 ދުވަސް ހޭދަކޮށްފައިވާތީ، އެ މުއްދަތު ހުކުމުން ވަނީ އުނިކޮށްފައެވެ. އެހެންކަމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި 20 ދުވަހުގެ ޖަލު ހުކުމެކެވެ.

ޖަލު ހުކުމުގެ އިތުރުން، އަބްދުއްލަތީފް ބަލޮޗް 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ފައިސާ ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށް ކޯޓު ހުކުމުގައި އަންގާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: