ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިމާއި ފަޅުތަކުގެ މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނުން ހައްލުތަކެއް ހުށަހަޅާފައިވޭ: ރައީސް

މިހާރު ބާއްވަމުންދާ ވިޔަވަތި ފޯރަމްގައި ރައީސް ސާލިހު ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤަވާއިދާއި ޚިލާފަށް ދީފައި ހުރި އެތައް ބިންތަކާއި ފަޅެއް އެބަ ހުރިކަމަށާ، އެ މައްސަލައަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހައްލުތަކެއް ހުށަހަޅާފައިވާ ކަމަށް،  ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިހާރު ބާއްވަމުންދާ ވިޔަވަތި ފޯރަމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ފާސްކުރަން ހުށަހަޅާތާ ވަކި މުއްދަތެރޭގައި އެ ޕްލޭން ފާސް ކުރަން މިހާރު ހަދާފައިވާ ޤާނޫނުން ލާޒިމް ކުރާ ކަމަށާ، އެ ޕްލޭން ފާސްނުކޮށް މަޑު ޖައްސާލައިގެން ސަރުކާރަށްވެސް ނުތިބެވޭނެކަމަށެވެ.

އެ ޕްލޭން ނިމުމުން އިތުރު ވުޒާރާއަކުން އެ ބިން ބޭނުންކުރުމަށް ހުއްދަ ނަގަން ނުޖެހޭނެ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. 

ރައީސް ވަނީ ނު ގަވާއިދުން ދީފައިވާ ގިނަ ފަޅުތައް ހުރިކަމަށާ، އެ މައްސަލައަށް ހައްލެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

އެއް ބަޔަކަށް އެތައް ތަނެއް އެބަހުރި ދީފައި. އެގޮތަށް ހުރި ތަންތަން ނެގޭނެ ގޮތެއް އޮތްތޯ ބަލަން އެބަ ޖެހޭ، މިމައްސަލައަށް ހައްލު ހޯދަން އެބަ ޖެހޭ މަސައްކަތް ކުރަން. އެސެޓް ރިކަވަރީ ކޮމިޝަނުން އެބަހުރި މިކަމަށް ހައްލުތަކެއް ހުށަހަޅާފައި. މިއަށް ގޮތްތަކެއް ނިންމެން އެބަ ޖެހޭ. އެކަން އަޅުގަނޑުމެން ކުރާނަން“

ލާމަރުކަޒީ ނިޒާމުގައި ރަށުގެ އިގްތިސާދާއި އުފެއްދުންތެރިކަން ކުރިއެރުވުމާއި ގުޅޭ ގޮތުން މިއަދުގެ ސެޝަންގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ފެހި ޤާނޫނު އަސާސީ އަށް އަމަލު ކުރި އިރުވެސް ރަށްތަކުން ޓެކްސް ނެގި ކަމަށް ފާހަގަކުރައްވާފައެވެ.

އެކަމުގެ ސަބަބުން ރަށްތައް ބާރުވެރިވެ ތަރައްޤީއަށް ކަންކަން ކުރަން ފަސޭހަ ވެފައި ހުރި ކަމަށާ، ފަހުން ގެނައި ބަދަލުތަކުގެ ސަބަބުން ރަށްތަކުގެ ތަރައްޤީ މަޑު ޖެހުނު ކަމަށް ރައީސް ވިދާޅުވިއެވެ.

“ އެނގިވަޑައިގަންނަވާނެ ރަށްރަށުގެ ކުރިއެރުމާއި މާލޭގެ ކުރިއެރުމާއި މިހާރު ހުރި ތަފާތު. އެހެންނަމަވެސް މީގެ ކުރިއަށް ބަލާލާއިރު ފެހި ޤާނޫނު އަސާސީއަށް ފުރަތަމަ އަމަލްކުރަން ފެށި އިރު އެބަހުރި ރަށްރަށުގެ ތަރައްޤީއަށް ޤާނޫނުތައް ފާސްކޮށްފަ.އަދި ރަށްރަށުގެ ރަށު ކުރިއަރުވާ ކޮމިޓީއެއް ނޫން އޮންނަނީކީ. އެހެންތަނަމަވެސް އެތަނަށް އާމްދަނީ ލިބޭނެ ގޮތްތައް،ޓެކްސް އެބަ ހުރި ތައާރަފްކޮށްފަ. މިސާލަކަށް ބަލާނަމަ މާލޭގައި އޭރު ބެލިއަސް މާލޭގެ މަގުމަތީގައި ހުރި ގެރި ބަކަރި އެބަހުރި ޓެކްސް ކޮށްފަ. މާލޭގެ މަގުމަތީގައި އުޅޭ ކޮންމެ ގެރިއަކުން 25 އަނާ ނޫނިއްޔާ ކޮންމެވެސް އެއްޗެއް ނަގަން އެބަ އޮވެ. ހަމަ އެގޮތަށް ބަކަރިއަކުން ދައްކަން ޖެހޭނެ ކަމަށް އެބައޮވޭ. އެއީ މަގުތައް ސާފުކޮށް ރަނގަޅަށް ބަލަހައްޓަން. ހަމައެގޮތުގާ ރަށްރަށުގައި، ރާވެރިކަން ކުރާ މީހުން އަތުން ވަކިވަރެއް ގޮއިގެއަށް ދައްކަން އޮވޭ. ދަނޑުވެރިކަން ކުރާ މީހުން އަތުން ވަކިވަރެެއް ނަގާ. މަސްވެރިކަން ކުރާ އޮޑިފަހަރުތަކުން ވަކިވަރެއް ނަގާ. އޭގެ ސަބަބުން ރަށްރަށުން ކުރާ ކަންކަން ކުރަން ފުދުންތެރިތަނަކަށް ވެގެން ދިޔަ. ”

ވިޔަވަތި މަހާސިންތާއަކީ ލާމަރުކަޒީ ނިޒާމް ރަނގަޅު ކުރުމަށް މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެކެވެ. ކައުންސިލްތަކަށް ބާރުތައް ދީ މައި ސަރުކާރަށް ބާރުތައް ދީފައިވާވުން ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެޖޯރިޓީއެއް އޮތް 19 ވަނަ މަޖިލީހުން ވަނީވަނީ ކައުންސިލަރުންގެ ދައުރު 3 އަހަރުން 5އަށް އިތުރުކޮށްފައެވެ.

އަދި 33 ޕަރސަންޓް އަންހެނުން ކައުންސިލްގައި ހިމަނަން ލާޒިމްކޮށް، ލާމަރުކަޒީ ޤާނޫނަށް ވަނީ އިސްލާހުގެނެސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: