ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަރުވާއަށް ދީފައިވާ ރަށްތައް ”ކަނީ“ ކޮންބައެއްކަން އެނގޭ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެގައި ވަރުވާއަށް ދީފައި ހުރި ރަށްތަކުން ފައިސާ ދަނީ ކޮންތާކަށް ކަން އެނގޭ ކަމަށާ، އެ ފައިސާ ދަނީ ކޮންބައެއްގެ މޭޒުކައިރިއަށްކަން އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ވިޔަވަތި ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އެކި ނަންނަމުގައި އެކި ފަރާތްތަކަށް ރަށްތައް ދީފައިވާ ކަމަށާ އެކަމުން އުސޫލުން ބޭރުން ފައިދާ ލިބިގަންނަ ފަރާތްތައް ތިބި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ފަރާތްތަކަކީ ކޮބައިކަން އައިލްސް ޕްރޮގްރާމުން އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ޤާނޫނީ ގޮތުން ބާރުވެރިވި ނަމަވެސް އެކަމުގެ ހަގީގީ ފައިދާ ލިބޭނީ ކައުންސިލްތަކުގެ ހިންގުންތެރިކަން ހުރެގެން ކަމަށް ފާހަގަކުރައްވާފައެވެ.

އަދި މާލެ ތަނަސްވީ އެންމެ ބޮޑު ސަބަބަކީ މާލެއާއި އެ ރިސޯޓްތަކާއި ގުޅިފައި އޮތުމުން ކަމަށާ، ރާއްޖެގައި މިހާތަނަށް އެއްވެސް ހިސާބެއްގައި ރިސޯޓްތަކާއި ރަށްތަކާއި އެ މިންވަރަށް ގުޅުވާލާފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މިހާރު ކައުންސިލްތަކުގެ ބަޖެޓް ހޭދަ ކުރެވެނީ އެންމެ ރަނގަޅަށް ނޫންކަމަށް ފާހަގަކުރައްވާފައެވެ.

“ ކަަރަންޓް ހިލޭ ކޮށްލަން ރޯދަމަހަށް. އެ ކާކަށް ކޮން ފައިދާއެއް ވާނެ ކަމެއް؟ އެ އަށް ވުރެ ބޮޑަށް ރައްޔިތުންގެ ލާރި އުކާލެވޭނެ ގޮތެއް އެބައޮތްތޯ؟ އަދި އަނެއްކާ ހަރަދު ކުރޭ ވައުޟު ބުނާ މީހުން ރޯދަ މަހުގާ މާ ދުރު ބޭރު ޤައުމުތަކުން ގެނެސް އެކަން ކުރަން ކައުންސިލް ބަޖެޓްގައި އެބަހުރި ޖަހާފަ. ދެން ޕާކެއް ހަދަން ކައުންސިލް ބަޖެޓްގަ އެބަހުރި ޖަހާފަ، އެހެންކަމެއް ކުރަން އަނެއްކަމެއް ކުރަން ކައުންސިލް ބަޖެޓްގައި އެބަހުރި ޖަހާފައި.“

އިތުރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ، މީހުންގެ ޖީބަށް ފައިސާ ނުވަންނަ ކަންކަން ކުރުމަކީ މި ސަރުކާރުން ވިސްނަވާ ކަމެއް ނޫން ކަމަށެވެ.

ތަރައްޤީގެ ނަމުގައި މިހާރު މީހުންނަށް ސިފަކޮށްދޭ ކަންކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ސިއްހީ މަރުކަޒުތައް ނޭޅިގެން ކަންބޮޑުވާ އިރު އެތަންތަނަކީ އާއްމު މީހާގެ އަތުގައި ފައިސާ ހުރިނަމަ ހިނގާނެ ތަންތަންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ތަރައްޤީއަކީ ޖީބަށް ވަންނަ ފައިސާކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރަށުގަ ވަޒީފާ ނެތި މިއުޅެނީ ކިތައް މީހުންތޯ އެބަ އެނގޭ. އެ މީހުންނަށް ވަޒީފާއެއް ހޯދާ ދިނުން ތަރައްޤީއަކީ. ދެން އެހެންވީމަ އަޅުގަނޑުމެން ބަލަން ވެގެން މި ކުރާ ސުވާލަކީ ތަރައްޤީއަކީ ކޮބާހޭ. ދެން އޭގެ ވާހަކަ އަޅުގަނޑުމެންނަށް ސާފު ވެއްޖެ. އެއީ ހަމަ ޖީބަށް ވަންނަ ލާރި. ދެން ތަރައްޤީއަކީ ހެލްތް ސެންޓަރު ރަނގަޅަށް ހިނގުން. އެވެސް ޖީބަށް ލާރި ވައްދާން ވެގެން. ބަލިވެއުޅެންޏަކާއެއް ޖީބަށް ލާރި ނުވަންނާނެތީވެ. މައިގަނޑު ގޮތެއްގައި ހެލްތް ސެންޓަރެއް ބޭނުންވަނީ މަސައްކަތް ކުރާ އިރުގައި، ގަދަވެ ހުންނާން ވެގެން. ގަދަވެ ހުންނާން މިއުޅެނީ ދިރިއުޅުމެއް އެކުލަވާލާން ވެގެން ހޯދާން ވެެގެން“

އެ މަހާސިންތާގައި، ލާމަރުކަޒީ ޤާނޫނަށް ނެގައި އިސްލާހާއި ގުޅިގެން، ރަށު ކައުންސިލް ތަކުން 33 އިންސައްތަ އަންހެނުންނަށް ޙާއްޞަކުރެވިފައި އޮތް އޮތުމަކުން، އޭގެ ސަބަބުން ފިރިހެން ބޭފުޅުންނަށް ގެއްލޭނެ އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންހެން ކަނބަލުން ހުރިހާ ދާއިރާއަކަށް ވާދަކުރެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: