ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޗު މަހުން ފެށިގެން ޝެންގެން ވިސާ ރާއްޖެއިން ނެގޭނެ!

ފޮރިން މިނިސްޓްރީގައި، ޖަރުމަންވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއިއެކު ބޭއްވި ފްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރުން ފެށިގެން، ރާއްޖޭން ޖަރުމަން ޝެންގެން ވިސާ ދާއިމީކޮށް ނެގުމުގެ ހިދުމަތް ފެށުމުގެ ގޮތުން ”ޖަރމަން ޝެންގން ވިސާ އެޕްލިކޭޝަން ސެންޓާރ“ އެއް ގާއިމް ކުރުމަށް ނިންމާ ފޮރިން މިނިސްޓްރީއިން އެކަން އިއުލާނުކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ޖަރުމަން ވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރޯޑް އާއެކު ވަނީ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މާލޭގައި ހުޅުވާ ސެންޓަރު ހުޅުވުމަށް ނިންމާފައިވަނީ މާޗު މަހުގެ 2 ގައި ކަމަށެވެ.

މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ގައުމުތަކަށް ދަތުރުކުރުމަށް ސީދާ ރާއްޖޭން ވިސާ ނަގަން ދާންޖެހެނީ އިންގިއާގެ ނިއު ދިއްލީއަށް ނުވަތަ ކޮލަމްބޯއަށެވެ.

ޖަރުމަނާއި ޔޫރަޕްގެ އެހެން ގައުމުތަކަށް ދަތުރުކުރުމަށް، ވިސާ ހޯދުމަށް ދިވެހިން އިތުރު ހަރަދެއް ކުރަންޖެހޭކަން ފާހަގަކޮށް ޝާހިދު ވިދާޅުވީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް ވިސާގެ ހިދުމަތް ފޯރުކޮށްދޭ ވީއެފްއެސް ގްލޯބަލްއާއި އެކު ދިވެހި ސަރުކާރުން މަޝްވަރާތައް ކުރިޔަށް ގެންދާ ކަމަށެެވެ.

މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އަންނަ އަހަރުން ފެށިގެން ޖަރުމަންގެ ސީދާ ރާއްޖެއިން ލިބޭނެ ކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

އެހެން ސަރަހައްދުތަކަށް ދަތުރުކުރުމުގެ ވިސާވެސް ރާއްޖެއިން ލިބެނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ޔޫރަޕްގެ އެހެން ގައުމުތަކުގެ ވިސާ، ސީދާ ރައްޖޭގައި ތިބެގެން ޝެންގެން ވިސާ ލިބޭނެ މަގުފަހިކޮށްދެއްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭން ޝެންގެން ވިސާ ދޫކުރުގެ ހިދުމަތް އޭޕްރިލް މަހު ފަށާއިރު، ރާއްޖޭގެ ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިވާ އައިޓީބީ ފެއާ އޮންނާނީ މާޗު މަހުގައެވެ.

އައިޓީބީ ފެއާ ކޮންމެ އަހަރަކުވެސް ބާއްވަނީ ޖަރުމަންވިލާތުގެ ބަރލިންގައެވެ. ފެއާގެ ވާހަކަ އިއުލާނު ކުރައްވާ ޝާހިދު ވަނީ ފެއާގައި ބައިވެރިވުމަށް ދަތުރުކުރާ ދިވެހިންނަށް އިތުރު ލުއި ފަސޭހައެއް ދިނުމަށްޓަކައި އަންނަ ފެބްރުއަރީ މަހުގެ 3 އިން 5 އަށް ވަގުތީ ކްލިނިކްއެއް ހުޅުވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރުވެސް ދުނިޔޭގެ 84 ޤައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވޭކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ. ޝާހިދު ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވަރ އެގްރިމެންޓްތައް ހެދި، އިންޑިއާ އަދި ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ހޯދިފައިކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއަކީ ކޮންމެ އަހަރަކުވެސް އެތައް ލައްކަ ފަތުރުވެރިންނަކަށް މަރުޙަބާ ކިޔާ ޤައުމެއްކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ބޭއްވުމަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަ އިންތިޒާމްތަކެއް ހުންނަން ޖެހޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

އެގޮތުން މިހާރުވެސް ރާއްޖެއަށް ޒިޔާރަރްކުރާ ފަތުރުވެރިންނަށް 30 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޖަރުމަންގެ ސަފީރު ވިދާޅުވީ ރާއްޖެއަކީ ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލު ކަމަށެވެ. އަދި ޝެންގެންގެ ގައުމުތަކުގެ ތެރެއިން ފުރަތަމަ ޖަރުމަނުން ރާއްޖޭގައި މި ހިދުމަތް ފެށުމުން ކުރިއަށް އޮތް ތަނުގައި އެހެން ގައުމުތަކުން ވެސް އެ ހިދުމަތް ދޭން ފަށަން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: