ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ލާދީނީ“ އާއި ”ދީނީ“ މީހާގެ މެދުގައި ތާށިވަނީ މައްސަލަ ހައްލުކުރަން އުޅޭ މީހާ: މޫކޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހައްދު ފަހަނައެޅުމުގެ މައްސަލަ އެބައޮތްކަމަށާ އެކަން ހައްލުކުރުމަށް މަސައްކަތް ކުރާ މީހާ “ ލާދީނީ“ މީހުންނާއި ”ދީނީ“ މީހުންނާއި ދެމެދުގައި ތާށިވަމުންދާކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ރޯޑްޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަލި މަނިކް ( މޫކޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ހައްދު ފަހަނައަޅާ މައްސަލަ ހައްލު ކުރުމާއި މެދު ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. މޫކޭ ވިދާޅުވީ، އެއްވެސް މީހަކީ ލާދީނީ މީހެއް ނޫންކަމަށާ، ގިނަ މީހުންނަށް ދީނީ މައުލޫމާތު ނޭނގެނީކަމަށެވެ.

ރާއްޖޭގެ އިލްމުވެރިން ބަލަންވީ ރަނގަޅު ގޮތްތައް އެކަށީގެންވާ ގޮތަކަށް ދީނީ މައުލޫމާތު ނޭނގޭ މީހުންނަށް ފޯރުކޮށްދެވޭތޯ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެގައި ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރާ މީހުންނާއި ދީނުގެ ނަމުގައި ޓެރަރިޒަމްއަށް ވާގިވެރިވާ މީހުން އެބަތިބި ކަމަށާ، އެކަން ޤަބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަން ހުއްޓުވަން މަސައްކަތް ކުރުމުން އެ ދެބައި މީހުން ވެސް އެއްބަޔަކު އަނެއް ބަޔަކީ ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

”ދެކަން ވެސް އެބައޮތް އެކަން ޤަބޫލުކުރަން ޖެހޭ. އެއީ އެއްކަންތައް. މި ދެ ބައި މީހުންވެސް އޮޕަރޭޓް ކުރަނީ ވަރަށް ސްމާޓްކޮށް. އަބަދުވެސް މި ބަލަނީ މީހުންގެ ބޮލަށް ސަވާރުވެގެން މަގު ފުރެއްދޭތޯ. މި މީހުން އެއްބަަޔަކު އަނެއް ބަޔަކު ބޭނުން ކުރަނީ ނިވާފަތްގަނޑަކަށް. އެމްޑީއެން ވާހަކަ ދެއްކުމުން ނަމުގައި ދީނީ މީހުން އެކަން މި ނަގަނީ ނިވާފަތްގަނޑަކަށް. އެހެންވީމައި މި ދޭތެރޭގައި ތާށިވަނީ މިކަން ހައްލުކުރަން އުޅޭ މީހާ.“

ހައްދު ފަހަނައެޅުމުގެ ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެތައް ކުޑަ ކުދިންނަކާއި މެދުގައި ވެސް އަނިޔާގެ އަމަލްތައް ހިނގާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަން ހައްލު ނުވުމުން ފެއިލްވަނީ ވުޒާރާތައް ނޫންކަމަށެވެ. ފެއިލްވަނީ މުޅި މުޖުތަމައުކަމަށާ އެފަދަ ކަންކަން ހިނގީމަ ހިމޭނުން ބަލަން ތިބެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: