ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމްތައް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި

image : google
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން ބުނި ގޮތުގައި 1447 ވަނަ އަހަރުގެ ފިތުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށެވެ.

އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތްތައް

ޒަކާތް ދެއްކުމުގެ ލުއިފަސޭހަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ދިރާގު (އެޕް، ޕޭ، އެސް.އެމް.އެސް)، އުރީދޫ (އެމް ފައިސާ، އެސް.އެމް.އެސް)، މޯލްޑިވްސް އިސްލާމިކް ބޭންކް (ފައިސާ މޮބައިލް، ފައިސާ ނެޓް)، ބޭންކް އޮފް މޯލްޑިވްސް، ފަހިޕޭ، އަވަސް އެޕް އަދި ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. މީގެ ތެރެއިން ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ކައުންޓަރުތަކުން ޒަކާތް ބަލައިގަތުން

އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަކޮށްގެން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މާލެ ފިޔަވައި އެހެން ރަށްރަށުގައި ނަގުދު ފައިސާއިން ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ރަށު ނުވަތަ ސިޓީ ކައުންސިލުންނެވެ.

ކައުންޓަރުތަކުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 22 އިން މާރިޗު 9 އަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 އިން 13:00 އަށެވެ. އަދި މާރިޗު 10 އިން 19 އަށް، ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން 14:00 އަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މިންވަރު ކަނޑައަޅާފައިވަނީ އެ ބަޔަކު އާންމުކޮށް ކައިއުޅޭ ގޮދަންފުށް ނުވަތަ ހަނޑުލުގެ ބާވަތުގެ 2.4 ކިލޯގެ އަގަށެވެ. އެގޮތުން އަގުތައް ހުރި ގޮތަކީ:

  • އާދައިގެ ހަނޑޫ: 12 ރުފިޔާ
  • ތައިލެންޑު ހުދު ހަނޑޫ: 53 ރުފިޔާ
  • ރަތް ހަނޑޫ: 96 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު): 109 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
  • އާދައިގެ ފުށް: 10 ރުފިޔާ
  • އާޓާ ފުށް: 75 ރުފިޔާ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: