ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރަށް ކަންކަން ނުކުރެވިގެން އުޅޭ ވާހަކައެއް ޖޭޕީއަކުން ނުދައްކަން: ޑރ. އަމީން އިބްރާހިމް

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގައި ވެރިކަން ކުރައްވަން ތިއްބެވި ބޭފުޅުންނަށް ކަންކަން ނުކުރެއްވިގެން އުޅުއްވާ ކަމުގެ އެއްވެސް ވާހަކައެއް ޖުމްހޫރީ ޕާޓީން ނުދައްކާ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޑރ. އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީއިން ނިކުމެތިބީ ރައްޔިތުންގެ ހައްގުގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ. މިއަދު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ގައުމު އޮތް ހާލަތުން އަރައިގަތުމަށް ސަރުކާރަށް އެއްބާރުލުން ނުވަތަ ސޮލިޑަރެޓީ ދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް ގައުމު ދަރަނީގެ ވަޅުގަނޑަކަށް ވެއްޓިފައިވާ މި ދަނޑިވަޅުގައި ސަރުކާރާއެކު ސާބިތުވެ ތިބުމަކީ ޕާޓީގެ އަމާޒެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓުން ނުނެރޭ ދާއިރާތަކުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. އަދި މާމިގިލި އާއި ފެންފުށީގެ ރައްޔިތުން ޕާޓީގެ އުންމީދުތަކުގައި ކުލަޖައްސަވާނެ ކަމާމެދު ޝައްކެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ގަވަނިންގް ސިސްޓަމާ މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން އަމީން ވިދާޅުވީ، ރައްޔިތުން މިއަދު މުޅި ނިޒާމާ މެދު ހިތްހަމަނުޖެހިފައިވާ ކަމަށެވެ. ރަށު ކައުންސިލުތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމުގައި ފެއިލްވެފައިވާ ކަމަށާއި، މުޅި ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ބޭނުންވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނިކުންނަވާ ހުންނެވީ ރައްޔިތުންގެ ހާލަތު ބަދަލުކޮށްދެއްވުމަށް ކަމަށް އަމީން ވިދާޅުވިއެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން އަބަދުވެސް ތިބެންވާނީ ދިވެހި ރައްޔިތުންގެ ހިދުމަތުގައި ކަމަށާއި، ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަސްލަހަތަށް ވަކާލާތު ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: