ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ ކައުންސިލްގެ ރައީސްގެ މައްސަލައެއް ބާ ކައުންސިލަށް ހުށަހަޅައިފި

@xahidcreator ge Faraathun Bar council Raees @maanhameed ge Massalaeh Bar Caounilah Husha Alhaifi
ޝެއާރކޮށްލާ ކަހަލަދޯ؟

ބާ ކައުންސިލްގެ ރައީސް އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން ދައުވާ އުފުލާފައިވާ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދުގެ ސުލޫކީ މައްސަލައެއް، ބާ ކައުންސިލަށް ހުށައަޅައިފި އެވެ.

ބާ ކައުންސިލަށް މި މައްސަލަ ހުށައަޅާފައިވަނީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒެވެ.

ޒާހިދު ރަމީޒު ބާ ކައުންސިލަށް މައްސަލަ ހުށަހެޅިި މަމައްސަލާގައި ބުނެފައިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ މ. ތޯއިފް އިސްމާއީލް ރަޝީދުގެ ދިފާއީ ހެއްކެއްގެ ގޮތުގައި ޒާހިދުގެ ނަން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އިސްމާއީލް ރަޝީދަކީ އޭނާ ދުވަހަވެސް ވާހަކަދައްކާ އަދި ބައްދަލްވެފައިވާ މީހަކަށްނުވާއިރު އޭނާގެ ނަން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވަނީ ޝަރީއަތުގައި ސިޔާސީ ކުލަ ޖައްސާ، އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ.

 

“ޔާމީން ރަޝީދުގެ މަރާ ގުޅުމެއް ވާކަމަށް ބުނެ އަޅުގަނޑުގެ އަބުރު ކަތިލަން މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ އެވެ. ހާއްސަކޮށް ސިޔާސީ ގޮތުން އަޅުގަނޑު ނިސްބަތްވާ [ޕީޕީއެމް] ބަލިކަށި ކުރުމަށް މިފަދަ ދޮގު އިލްޒާމް އެޅުވުމަކީ ހިތާމަ ކުރާ ކަމެކެވެ.” ޒާހިދު

ޔާމީން ރަޝީދާއިި، ޒާހިދު ރަމީޒާ ގުޅުމެއް އޮތް ކަމަށް ބުނެ، އޭނާގެ އަބުރު ކަތިލަން ބަޔަކު މަސައްކަތް ކުރަމުންދާތާ އަހަރުތަކެއް ވެއްޖެ ކަމަށާ އަދި މައުމޫން ހަމީދު، ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުރެ އެފަދަ ކަމެއް ކުރުމަކީ ސުލޫކީ މައްސަލައެއް ކަމަށް ދެކޭ ކަމަށް ޒާހިދުގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.. އަދި މައުމޫން ހަމީދު ގާނޫނީ ފަންނުގެ ގާނޫނުގެ 39 ވަނަ މާއްދާގެ ބ އާއި 42 ވަނަ މާއްދާގެ ހ އާއި ޚިލާފުވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

https://twitter.com/xahidcreator/status/1206961609542750208?s=20

އިސްމާއިލް ރަޝީދުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި 11 މީހަކު ކުރިން ހުށަހަޅާފައި އޮތަސް ފަހުން ވަނީ އެ އަދަދު ހަތަރަކަށް މަދުކޮށްފަ އެވެ. އޭގެ ތެރޭގައި ޒާހިދު ވެސް ހިމެނެ އެވެ.

މައުމޫން ކުރިން ވިދާޅުވީ ޒާހިދާއެކު ދެން ތިބި ތިން މީހުންނަކީ ޔާމީނަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ކަަމަށާއި އެ މީހުންގެ ހެކި ބަސް ނަގަން ބޭނުންވާ ކަމަށެވެ. އަދި އޭނާ ވަނީ އެ މީހުން ކޯޓަށް ހާޒިރުކޮށްދިނުމަށް އަމުރުކުރުމަށް އެދިވަޑައިގެންފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: