އިންތިހަބަކާއި ނުލައި، ލޯކަލް ކައުންސިލް އިންތިހާބުގެ 28 ގޮނޑި ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް ލިބިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާއްމުކޮށްފައިވާ މައުލޫމާތުގައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމަށް ދިން މުއްދަތު ހަމަވިއިރު، ބައެއް ދާއިރާތަކުގައި އިންތިހާބެއް ނެތި ގޮނޑި ކަށަވަރު ކުރެވިފައިވާކަމަށެވެ. އަދި ބައެއް ކެންޑިޑޭޓުން ދިން މުއްދަތުގެ ތެރޭގައި ނަން އަނބުރާ ގެންގޮސްފައި ވާތީ، ވެސް ބައެއް ދާއިރާތަކަށް އިންތިހާބެއް ބާއްވަން ނުޖެހޭކަން ފާހަގަކުރި އެވެ.
އިންތިހާބަކާ ނުލައި ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބުކުރި މީހުންގެ ނަންތައް އީސީން ވަނީ އާއްމުކޮށްފައެވެ. އެގޮތުން އިންތިހާބަކާ ނުލައި އެންމެ ގިނަ ގޮނޑި ލިބިފައި ވަނީ ޕީއެންސީއަށެވެ.
އިދިކޮޅު އެމްޑީޕީ އާއި އަދާލަތަށް 1 ގޮނޑި ލިބިފައިވެއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ތިން މީހަކަށް ވެސް ވަނީ އިންތިހާބަކާ ނުލައި ކައުންސިލްތަކުގެ ގޮނޑިތައް ލިިބިފައެވެ.
މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައިވާއިރު އިންތިހާބަކާއި ނުލާ ޕީއެންސީއަށް 41 ގޮނޑި އަދި އެމްޑީޕީއަށް 5 ގޮނޑި ވަނީ ކާމިޔާބު ވެފައެވެ.

