ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރު ހުއްޓުވުމަށް ފުލުހުން ހިންގާ އޮޕަރޭޝަންގައި މަޑުއްވަރިން 3 މީހުން ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނާއި ސިފައިން ގުޅިގެން ރ.މަޑުއްވަރީގައި ހިންގަމުންދާ އޮޕަރޭޝަންގައި ތިންވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

ރ. މަޑުއްވަރީގެ ހަރުކަށި ފިކުރުތަކުގެ މީހުން ގިނަކަމަށް ދެކެވޭ ވާހަކަތާކައި ގުޅިގެން ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން ވަނަ މީހާއަކީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. މީގެ ކުރިން މިއަދު އެރަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިތިން މީހުންނަކީ މަޑުއްވަރިއަށް ނިސްބަތްވާ ތިން މީހުންކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލުމާތު ހިއްސާ ކުރެވެން ނެތް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން، މަޑުއްވަރީގެ ބައެއް ގެތައް ފާސްކުރަމުން ދަނީ، ހައްދު ފަހަނަ އަޅާފައިވާ ފިކުރުގެ މީހުން، ކުޑަކުދިންނާއި، އަންހެނުންގެ ހައްޤުތަކުން މަޙުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖައިޒު ފައިދާ ނަގަމުންދާތީ ކަމަށް ފުލުހުން އެކަމާއި ގުޅިގެން މިއަދު ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

” މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން މަހުރޫމްކޮށް އެމީހުންގެ ނާޖާއިޒު ފައިދާ ނަމުންދާ ކަމަށާއި މިފަދަ އަމަލުތައް ހިންގާ ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖްތަމައުން ވަކިކޮށް ކުޑަކުދިންނަށް ސިއްޙީ ގޮތުން ދޭން ލާޒިމް ކުރާ ވެކްސިން ނުދީ ތައުލޫމް ހާސިލް ކުރުމުން މަހުރޫމްކޮށް ކުޑަކުދިން މީހުންނާއި ކައިވެނިކުރުވާ ގެތަކުގަިއ ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި ދަރިމައިވުމާއި އުފަންވަނިވި ސިއްޙަތާިއ ގުޅުން ހުރި ސިއްޙީ އިންތިޒާމުތަކާއި ހައްޤުތަކުން އަންހެނުން މަހުރޫމްކޮށް އެފަދަ އަނެހނުންގެ ފުރާނައާއި ސިއްޙަތު ނުރައްކާތެރި ޙާލަތަކަށް ހުށަހެޅިފައިވާ ކަމުގެ މައުލޫމާތ ވަނީ ލިބިފަ”

މި އޮޕަރޭޝަންގެ ތެރެއިން އެކަންކަން ހިނގަމުންދާ ކަމަށް ފާހަގަކުރެވޭ ގެތަށް ބަލާފާސްކޮށް މިކަންކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މި އޮޕަރޭޝަންއަކީ އެފަދަ ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ޙައްގުތަށް ރައްކާތެރިކުރުމަށް ހިންގާ އޮޕަރޭޝަންއެއް ކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމްއާއި ހައްދު ފަހަނައަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާއުކުރާ ފަރާތްތަކަށް ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަންގެ ތެރެއިން އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: